ރާއްޖޭގެ ލޯނުތައް ފަސްކޮށްދީ، ލުއިކޮށް ދޭން ޗައިނާ އިން ނިންމައިފި

ޗައިނާގެ އެހީ އާއި ލޯނު ހިމެނޭ ގޮތަށް ގިނަ ބޮޑު އަދަދެއް ރާއްޖެއަށް ވަނީ ދީފަ އެވެ.

ޗައިނާގެ ލޯނުން އިމާރާތް ކުރި ހިޔާ ފްލެޓް

ޗައިނާއިން ރާއްޖެ އަށް ދީފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއިން ލުއި ދޭން ނިންމާފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވީއައިއޭގައި ދެއްވި ބަޔާނެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކަށް ލުއިދޭން އެ ގައުމުން ނިންމާފައިވާ ކަމަށެވެ. އެކަމާމެދެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތް ފުރިހަމަ ކުރަން ޗައިނާ އިން ޓީމެއް އަންނަން ނިންމާފައިވާ ކަމަށެވެ. 

"ޗައިނާ އަށް ދައްކަން ޖެހިފައިވާ ޑައިރެކްޓް ލޯނުތަކުގެ ޝެޑިއުލްއަށް މަޝްވަރާ ކުރެވި ޗައިނާގެ ރައީސްއަށް ކަމާބެހޭ އިސްވެރިން ފޮނުވައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ދެއްކުމުގައި ނުވަތަ ނުދައްކައި ވީހާވެސް ބޮޑު ގްރޭސްޕީރިއަޑެއް ލާފައި ފަސް އަހަރު ދުވަހުގެ ތެރޭގައި ވީހާވެސް ލުއިގޮތެއް ހަމަޖައްސުމަށް،" ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގައި ޗައިނާގެ ލޯނުގައި ގިނަ މަަޝްރޫއުތަކެއް ކުރިއަށް ގެންދެ އެވެ. މިގޮތުން ހުޅުމާލޭގައި އެޅި 7،000 ފްލެޓަކީ ވެސް އެ ގައުމުގެ ލޯނެއްގައި ހިނގި މަޝްރޫއެކެވެ. ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 100 ބިލިއަން ރުފިޔާ އެވެ. މީގެތޭގައި އަށް ބިލިއަން ރުފިޔާވަރު ޗައިނާގެ ދަރަނި ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.