އަމީނީ މަގު ހަދައި ނިންމުމަށްފަހު ހުޅުވާލައިފި

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރާށެވެ.

މާލޭގެ އަމީނީ މަގުގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވާލައިފައި

މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ހިމެނޭ ދެ ސެގެމެންްޓްގެ މަސައްކަތް ނިންމާލުމަށް ފަހު ހުޅުވާލައިފި އެވެ. 

އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ އެ މަހު ހެދުމުގެ ސެގްމެންޓް 12 އަދި 13 އެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާ އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓް 12، އަދި 13 އިގެ މަސައްކަތް ފެށީ މިދިއަ ޑިސެމްބަރު މަހުގެ ނުވަނަ ވަނަ ދުވަހު އެވެ. މި ދެ ސެގެމެންޓްގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނީ ކުރިން މަގުގެ މަސައްކަތް ކުރި އިރު އެންމެ ސެގެމެންޓެއްގެ މަސައްކަތް ތާރު އަޅާ ހިސާބަށް ގެންދިޔަ ސްޕީޑަށްވުރެ ވެސް އަވަސް ކޮށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރާށެވެ.  

މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ. ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ.

އޭގެ ފަހުން އެކި ތާރީހުތައް ކަނޑައަޅާ އެންމެ ފަހު ތާރީހަކަށް ކަނޑައެޅީ މިދިއަ އަހަރުގެ ސެޕްޓެންބަރެވެ. އެ މުއްދަތު ނިމި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަމީނީ މަގު މުޅީން ނުނިންމުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.