އާޒިމާ އާއި އާޒިމް ވޯޓް ލައްވައިފި

އާޒިމާ އާއި އާޒިމްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ދެން ވާދަ ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

އާޒިމާ ޝަކުރު މިއަދު ވޯޓް ދެއްވަނީ

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރާއި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް ވޯޓް ލައްވައިފި އެވެ. އެ ދެ ބޭފުޅުންނަކީ މި އިންތިހާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނެވެ. 

މާލޭގެ މޭޔަރު ކަމަށާއި މާލޭކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް ކައުންސިލަރުން އިންތިހާބު ކުރާން ވޯޓްލާން ފެށީ މިއަދު ހެނދުނު 8:00 ޖެހި އިރު އެވެ. 

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އާޒިމާ ވޯޓު ލައްވާފައި ވަނީ ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ވޯޓް ލެއްވުމަށް ފަހު އާޒިމާ ވިދާޅުވީ، ވީހާވެސް އަވަހަކަށް ނުކުމެވަޑައިގެން ވޯޓު ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް ވޯޓު ލެއްވުމަށްފަހު ވެސް ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް ނުކުމެ ވޯޓު ލެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

އާޒިމާ އާއި އާޒިމްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ދެން ވާދަ ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

މި އިންތިހާބުގައި 55،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.