އެމެރިކާއިން ހޫތީންނަށް އަމާޒުކޮށް އަނެއްކާވެސް ޔަމަނަށް ހަމަލާދީފި

މިހާރު ޔަމަނަށް ދޭ ހަމަލާތަކުގައި އިނގިރޭސިވިލާއި އޮސްޓްރޭލި އާއި ނެދަލޭންޑްސް އެމެރިކާއަށް އެހީތެރިކަން ދެ އެވެ. އޭގެ ތެރޭގައި ބަހުރޭނުވެސް ހިމެނެ އެވެ.

އެމެރިކާގެ ހަމަލާއެއް އަމާޒުވެ ރޯވެފައިވާ ޔަމަނުގެ ސަރަހައްދެއް

ހޫތީންނަށް އަމާޒު ކޮށް އެމެރިކާއިން ޔަމަނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. އެ މެރިކާގެ ދެވަނަ އަމާޒު ކުރުމުގެ ހަމަލާތަކުގައި ހޫތީންގެ މައިގަނޑު ރާޑަރު ސްޓޭޝަންތަކަށް ހަމަލާތައް އިސް ކޮށްފައި ވެއެވެ.

ހޫތީންގެ އިސް ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ އެމެރިކާއާ ސަނާއަށް ހަމަލާ ދީފައިވާ ކަމަށެވެ. މިދިޔަ 48 ގަޑިއިރުގެ ތެރޭ އިނގިރޭސީންގެ އެހީއާއެކު އެމެރިކާއިން ޔަމަނަށް 73 ހަމަލާ ދީފައިވާ ކަމަށެވެ. 

އެމެރިކާގެ ހަމަލާތަކުގައި ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާ އަމާޒު ކޮށްފައި ވެއެވެ. އެމެރިކާއިން ބުނެފައި ވަނީ  ހޫތީން ފަހަތަށް ޖައްސާނެ ކަމަށާއި އެކަން ކުރަން އެމެެރިކާ ފަހަތަށް ޖެހިގެން ނޯންނާނެ ކަމަށާއި ރަތް ކަނޑުގައި ދަތުރުކުރާ ބައިނަލްއަގްވާމީ ބޯޓުތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ އެމެރިކާގެ މި ހަމަލާތައް ތައްޔާރީ ހާލަތުގައި ބާއްވާނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޫތީންގެ އަމަލުތައް ހުއްޓާ ނުލައިފިނަމަ އަދިވެސް ހަމަލާތައް އިތުރުކޮށް ވަރުގަދަ ކުރާނެ އެވެ. 

މިހާރު ޔަމަނަށް ދޭ ހަމަލާތަކުގައި އިނގިރޭސިވިލާއި އޮސްޓްރޭލި އާއި ނެދަލޭންޑްސް އެމެރިކާއަށް އެހީތެރިކަން ދެ އެވެ. އޭގެ ތެރޭގައި ބަހުރޭނުވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.