މަސީގެ ފެއާ ބިލްޑް އެކްސްޕޯ | 70 ސްޓޯލް، އިމާރާތް ކުރުމުގެ ޓެކްނޮލޮޖީ

ބިލްޑް އެކްސްޕޯ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފެއާގައި ގިނަ އުފެއްދުންތަކެއް ދައްކާލަން ބަހައްޓާފައިވެ އެވެ.

ބިލްޑް އެކްސްޕޯ ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރު ތޯރިގު ސްޓޯލެއްގައި މަޑުކޮށްލައިގެން -- ބިލްޑް އެކްސްޕޯ

ރާއްޖޭގެ ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރަސްމީ ފެއާ ނޭޝަނަލް ބިލްޑް އެކްސްޕޯ 70 އަށްވުރެ ގިނަ ސްޓޯލާއެކު ހުޅުވިއިރު މި އަހަރުގެ ފެއާގައި އިމާރާތް ކުރުމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދައްކާލާނެ އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ނޭޝަނަލް ބިލްޑް އެކްސްޕޯ ފެއާގެ ތިންވަނަ ފެއާ ހުޅުވައި ދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހީމް އެވެ.

ކުރިއަށް ދާއިރު، ޖެނުއަރީ 11 ގައި ފެށިގެން ޖެނުއަރީ 14، 2024 އާ ހަމައަށް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެސްއީއެފްއެމް އިން އެންޑޯސްކޮށްފައިވާ އަދި އާބަންކޯއިން ހޯސްޓްކުރާ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓަކީ ކޮންސްޓްރަކްޝަން، ބިލްޑިންގ، އަދި އިންފްރާސްޓްރަކްޗަރު ޑިވެލޮޕްމަންޓްގެ އެންމެ ފަހުގެ ކަންކަން ދައްކާލުމަށް ހާއްސަ ޕްލެޓްފޯމް އެކެވެ.

ފެއާ ހުޅުވައި ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ފެންމަުން މިދަނީ އިންފްރާސްޓްރަކްޗާ ބައްޓަންކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީން ވަރަށް މުހިންމު ދައުރެއް އަދާކުރާތަން ކަމަށާ މި އެކްސްޕޯއަކީ އަޅުގަނޑުމެން ކުރިއެރުމަށް ކުރާ ވަޢުދުގެ ހެއްކެއް ކަމަށެވެ.

ބިލްޑް އެކްސްޕޯގެ ސްޓޯލެއް: މިފެއާއަކީ މަސީގެ ރަސްމީ ފެއާ

ބިލްޑް އެކްސްޕޯއަކީ - ކުންފުނިތަކަށް ބޭނުންވާ ރޯ މެޓީރިއަލްސް އާއި ހެވީ މެޝިނަރީސް އަދި ކޮންސްޓްރަކްޝަންއާ ގުޅުން ހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހުށަހަޅާފައިވެ އެވެ. މިފެއާގައި ބިޒްނަސް ނެޓްވޯކިންގ އަށް މަގުފަހިކޮށްދީ ވިޔަފާރީގެ އިއްތިހާދުތައް އުފެއްދުމާއި ޕްރޮޑަކްޓް ލޯންޗްކުރުމާއި ޕްރޮޑަކްޓް ހައިލައިޓްސް އަދި ޕްރެޒެންޓޭޝަން ފަދަ އިވެންޓް ސެގްމަންޓްތަކުގެ ތެރެއިން ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންގެ ބައްދަލުވާނެ އެވެ.

މި ފަހަރުގެ ފެއާގެ ސްޕޮންސަރަކީ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް (ހަރިމް) އެވެ. އަދި ކޯ ސްޕޮންސަރަކީ ރެނާޓަސް ޕްރޮޖެކްޓްސް އާއި ކްރިސްޓަލޯ ޓޮޔޯ ޕަމްޕްސް އަދި ޖަގަވާ މޯލްޑިވްސްގެ އިތުރުން ކިން ލޯންގް އާއި ރެއިންބޯ ގްރޫޕް އަދި އެސްޓީއޯ ކޮންސްޓްރަކްޝަންގެ އިތުރުން ދިވެހި އިންޝުއަރެންސާއި އޮސްޓްރާވާ އަދި ސެވަން އޯޝަންސްގެ އިތުރުން ކޮމްޕަސް ގްލޯބަލާއި ދިރާގު އަދި ގްރެފައިޓް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.