އާޒިމާގެ ކެމްޕެއިން: ގިނަ ބަޔަކާއެކު ސައިކަލު ބުރެއް ބާއްވައިފި

ސައިކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މިއަދު ބޭއްވި ސައިކަލް ބުރު: ގިނަ ބަޔަކު ވަނީ ބައިވެރިވެފައި -- ވަގުތު ފޮޓޯއެއް

މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކުރިމަތިލައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ކުރާ ފަރާތްތަކާ އެކު މިއަދު ސައިކަލު ބުރެއް ބާއްވައިފި އެވެ.

މިއަދު އޮތް ސައިކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމުގެ ބައި އިލެކްޝަން ގައި ވާދަ ކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓަކީ އާޒިމާ އެވެ. އަދި ސަރުކާރުގެ ތަސައްވުރާ އެކު މާލެ ބަދަލުކޮށްލަން ނިކުންނަ ކެންޑިޑޭޓަކީ ވެސް އާޒިމާ އެވެ.

މިއަދު ބޭއްވި ސައިކަލް ބުރަށް ފަހު: ގިނަ ބަޔަކު ވަނީ ބައިވެރިވެފައި -- ވަގުތު ފޮޓޯއެއް

އާޒިމާ މިއަދު ވެސް ވިދާޅުވީ އެކަމަނާގެ މަގުސަދަކީ މާލެ އަކީ އެކާވީސް ވަނަ ގަރުނަށް ފެތޭ ސިޓީ އަކަށް ހެދުން ކަމަށެވެ.

މާލެއާމެދު ވަރަށް ހެޔޮ ތަސައްވުރެއް ރައީސް މުއިއްޒު ގެންގުޅުއްވި ކަމަށާ އަދި ވެސް ރައީސް ހުންނެވީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެހެން ކަމުން އެކަން ކުރެވޭނީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ މޭޔަރަކު އިންތިހާބު ކޮށްގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެ ހުންނަވާ ގޮތެއްގައި ސާބިތުވެ ހުންނެވުމާއި އިހްލާސްތެރިކަމުގައި އެއްވެސް މީހަކަށް އެކަމަނާއަށް ސުވާލު ނުއުފެއްދެވޭނެ ކަމަށެވެ. ސަރުކާރާއި ގުޅިގެން މާލެ ބަދަލުކޮށްލުމުގެ އަމާޒު ހަގީގަތަކަށް ހެދުމުގައި ވެސް އެ ސާބިތުކަން މަތީ ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ބޭއްވި ސައިކަލް ބުރު: ގިނަ ބަޔަކު ވަނީ ބައިވެރިވެފައި -- ވަގުތު ފޮޓޯއެއް

މޭޔަރު ހޮވުމުގައި ސަރުކާރާ އެކު މަސައްކަތް ކުރާނެ ކެންޑިޑޭޓަކަށް ވޯޓް ދެއްވުމަށް ރައީސް މުއިއްޒު ވެސް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

ޗައިނާއަށް ފުރާވަޑައިގަތުމުގެ އެއް ދުވަސް ކުރީން އެމަނިކުފާނު ވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ދެ ފޭހުގައި ކެމްޕެއިން ހިންގަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.