ސޯމާލިޔާއަށް ދިޔަ އދ. ގެ ހެލިކޮޕްޓަރެއް އަތުލައިގެންފި

އަލް ޝަބާބު ޖަމާއަތަކީ އަމިއްލަ ވެރިކަމެއް ގާއިމު ކުރަން 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ ޖަމާއަތެކެވެ. އެ ޖަމާއަތަށް އަލްޤައިދާއާ ގުޅުން އޮވެއެވެ.

ސޯމާލިޔާއަށް ދަތުރު ކުރި އދ. ގެ ހެލިކޮޕްޓަރެއް އެ ގައުމުގައި އަލް ޝަބާބު ޖަމާއަތުން ހުއްޓުވާ އަތުލައިގެންފި އެވެ. ހެލިކޮޕްޓަރު އަތުލައިގެންފައި ވަނީ ކުއްލި ހާލަތުގައި ޖެއްސި ވަގުތެއްގަ އެވެ.

ސޯމާލިޔާއަށް އެހީ ފޯރު ކޮށްދިނުމަށް އދ. ން ކަނޑައަޅާފައިވާ މިޝަނުން ބުނީ އދ. ގެ އެ ހެލިކޮޕްޓަރު ޖެއްސި ސަރަހައްދަކީ އަލް ޝަބާބު ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އިމާޖެންސީގައި ހެލިކޮޕްޓަރު އެ ސަރަހައްދަން ޖައްސަން މަޖުބޫރުވީ ހެލިކޮޕްޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެނެވެ. 

އަތުލައިގަތް ހެލިކޮޕްޓަރަކީ ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ހިފައިގެން ދަތުރުކުރި ހެލިކޮޕްޓަރެކެވެ. އޭގައި ތިބީ ސޯމާލިޔާގެ ދެ މީހުންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ ބައެކެވެ. ހެލިކޮޕްޓަރު އަތުލައިގަތުމަށް ފަހު ތަކެއްޗާއި މީހުން ވެސް މިހާރު ތިބީ އަލް ޝަބާބުގެ ޖަމާއަތުގެ ބެލުމުގެ ދަށުގަ އެވެ.

އަލް ޝަބާބު ޖަމާއަތަކީ އަމިއްލަ ވެރިކަމެއް ގާއިމު ކުރަން 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކޮށް ހަނގުރާމަވެރި ހަރަކާތް ހިންގާ ޖަމާއަތެކެވެ. އެ ޖަމާއަތަށް އަލްޤައިދާއާ ގުޅުން އޮވެއެވެ. އެ ޖަމާއަތުގެ ބާރުގެ ދަށުގައި ސޯމާލިޔާގެ ދެކުނާއި މެދުތެރޭގެ ބޮޑެތި ސަރަޙައްދުތަކެއް އެބައޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.