"ބަންޑާރަ ކަޕް 2024" އަށް ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ފެބްރުއަރީ 15 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތު ގައި ފިރިހެން ޑިވިޒަނާއި އަންހެން ޑިވިޒަންގެ މެޗްތައް ވެސް ކުރިއަށް ދާނެ އެވެ.

މީގެ ކުރީން އޮތް މުބާރާތު ގައި ކުޅުނު މެޗެއް: "ބަންޑާރަ ކަޕް 2024" ގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލާފައި

"ބަންޑާރަ ކަޕް 2024" ގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ. 

މި މުބަރާތަކީ ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާ ގައި މަސައްކަތް ކުރާ އަމިއްލަ ތަންތަނަށް ހާއްސަ ކޮށްގެން ބަންޑާރަނައިބުގެ އޮފީހުގެ ރިކްރިއޭޝަން ކްލަބު -- ބަންޑާރަ ކްލަބުން ބާއްވާ ފުޓްސަލް މުބާރާތެކެވެ.

މިއަހަރުގެ ފެބްރުއަރީ 15 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތު ގައި ފިރިހެން ޑިވިޒަނާއި އަންހެން ޑިވިޒަންގެ މެޗްތައް ވެސް ކުރިއަށް ދާނެ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި ލޯ ފާމްތަކުން / ލީގަލް ޕްރެކްޓިސްތަކުން ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލާ ޓީމުތަކާއި ވަކިވަކި ގާނޫނީ ވަކީލުން ބައިވެރިވެގެން އެކުލަވާލާ ޓީމުތަކުގެ އިތުރުން ބަންޑާރަ ކްލަބުން ދައުވަތުދޭ އިދާރާތަކުގެ ޓީމުތަކަށެވެ.

"ބަންޑާރަ ކަޕް 2024" ގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލާފައި

ޝަރުޢީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ އިދާރާ އެއް އެހެން އިދާރާއަކާ އެކު ނުވެ މުބާރާތުގައި ބައިވެރިވާ ނަމަ އެ އިދާރާއެއްގެ މުވައްޒަފެއްގެ ގޮތުގައި ނުހިމެނޭ އެއް ކުޅުންތެރިޔަކު ޓީމުގައި ހިމެނޭ ގޮތަށް މިއަހަރުގެ މުބާރާތުގެ ގަވާއިދު ވަނީ އިސްލާ ހުކޮށްފަ އެވެ.

އެހެން ނަމަވެސް އެފަދައިން ހިމަނާ ކުޅުންތެރިޔަކީ މުބާރާތުގެ ކަޓް-އޮފް ޑޭޓް އިން ފެށިގެން ގާނޫނީ ވަކީލަކަށް ވާން ޖެހެ އެވެ.

މީގެއިތުރުން ލޯ ފާމްތަކުން ނުވަތަ ލީގަލް ޕްރެކްޓިސްތަކުން ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލާ ޓީމުތަކުގެ ޓީމު ލިސްޓުގައި ހިމަނާ ކުޅުންތެރިންގެ ތެރެއިން މަދުވެގެން ހަތަރުބައިކުޅަ އެއްބައި ކުޅުންތެރިންނަކީ މުބާރާތުގެ ކަޓް-އޮފް ޑޭޓްއިން ފެށިގެން ގާނޫނީ ވަކީލުން / ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާން ޖެހެ އެވެ.

މީގެ ކުރީން އޮތް މުބާރާތުގެ މެޗެއްގައި ސަޕޯޓަރުން ތަރުހީބު ދެނީ
  •  ޖަނަވަރީ ހަތަރަކުން 11 އަށް - މުބާރާތަށް ރަޖިސްޓްރީ ކުރުން
  •  ފެބްރުއަރީ އެކެއް - ކަޓް-އޮފް ތާރީހް
  •  ފެބްރުއަރީ ހަތަރެއް - ޓީމް ލިސްޓުތައް ފޮނުވުމުގެ ސުންގަޑި
  •  ފެބްރުއަރީ ފަހަކުން ހަތަކަށް - ޓީމް ލިސްޓުތަކަށް ޝަކުވާ ހުށަހެޅުން
  •  ފެބްރުއަރީ އަށެއް - ގްރޫޕް ސްޓޭޖްގެ ގުރުނެގުން
  •  ފެބްތުއަރީ 15 - މުބާރާތް ފެށުން

ބަންޑާރަ ކަޕް އަކީ ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ތަންތަނަށް ހާއްސަ ކޮށްގެން އެ މުއައްސަސާތަކާއި ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ވާދަވެރި މާހައުލެއްގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދު ގައި ބަންޑާރަ ކްލަބުން 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެންމެ ފަހުން ބޭއްވުނު މުބާރާތުގައި ފިރިހެން ޑިވިޒަނުގައި 16 ޓީމު އަދި އަންހެން ޑިވިޒަނުގައި 12 ޓީމު ވާދަކުރިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.