މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޕީއެންއެފާ ގުޅިއްޖެ

މީގެ އިތުރުން ސިޓީ ކައުންސިލަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ވެސް އިބްރާހިމް ތުހުމަތު ކުރި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު: އޭނާ ވަނީ ޕީޕީއެމުން ވަކިވެ ޕީއެންއެފާއި ގުޅިފައި

މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ޕީޕީއެމުން ވަކިވެ ރައީސް ޔާމީން އުފައްދަންް މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާ ގުޅިއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޕީޕީއެމުން ވަކިވި ސަބަބާއި ގުޅޭގޮތުން އިބްރާހިމް ވިދާޅުވީ ޕީޕީއެމުން ވަކިވީ ސަރުކާރުން ވެފައިވާ ވައުދަށް އިހްތިރާމު ނުކުރުން ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދަކީ ޔާމީން މިނިވަން ކުރުން ކަމަށާ ނަމަވެސް މިހާ ދުވަސްވީއިރު ސަރުކާރުން އެކަން ކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ވެސް އިބްރާހިމް ތުހުމަތު ކުރި އެވެ.

ޕީޕީއެމްގެ ކައުންސިލަރަކު ޕީއެންއެފާއި ގުޅިފައިވާއިރު އެމްޑީޕީގެ ޓިކެޓް ގައި ކައުންސިލަށް ހޮވުނު ދެ މެންބަރަކު ދާދި ފަހުން ވަނީ ޕީއެންސީއާ ގުޅިފައެވެ. މިހާރު އޮތް ގޮތުން ޕީއެންއެފާއި އެމްޑީޕީއަށް ނިސްބަތް ވަނީ އެންމެ ކައުންސިލަރެކެވެ. ޑިމޮކްރެޓްސް އަށް ނިސްބަތްވާ ދެ މެންބަރުން އެބަ ތިއްބެވެ. ދެން ހިމެނެނީ ޕީޕީއެމް / ޕީއެންސީ ކައުންސިލަރުންްނެވެ.

އަންނަ ހޮނިހިރު މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމާއި އިތުރު ތިން ދާއިރާއެއްގެ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުން އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.