ވިލިމާލޭން ޑްރަގާ އެކު ނެގީ ފިލްމީ ތަރި އަޒޭ

އަޒޭ އަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރި ފިލްމީ ދާއިރާ ގައި ފާހަގަކޮށްލެވޭ ތަރި އެކެވެ.

ފިލްމީތަރި އަހްމަދު އަޒްމީލް

ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހިމެނޭކަން އެނގިއްޖެ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރޭން އެކަކީ އަޒޭ އެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލަ އާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ އަށްް ޝަރުތު ކުރުމަށް ފަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

އަޒޭ އަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރި ފިލްމީ ދާއިރާ ގައި ފާހަގަކޮށްލެވޭ ތަރި އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.