ވާދޫ ކައުންސިލް ހުއްޓިފައި، ހިދުމަތެއް ނުދެވޭ؛ އެލްޖީއޭ އިން އިންކުއަރީއެއް ހަދަނީ

އެލްޖީއޭ އިން ބުނީ ވަދޫ ކައުންސިލް ގައި އަހްލާގީ އަދި ސުކޫލީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށެވެ.

ގދ. ވާދޫ: ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ވަނީ ހުއްޓިފައި

ގދ. ވާދޫ ކައުންސިލްގެ އިދާތީ ހިންގުން ހުއްޓި މަސައްކަތް ކުރާނެ މާހައުލެއް ނެތި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓިފައިވާތީ އެ ކައުންސިލްގެ އިންކުއަރީ އެއް ހެދުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ އިން ނިންމައިފި އެވެ.

ވާދޫ ކައުންސިލް ގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އިދާރީ ގޮތުން އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ މައްސަލަތައް މިހާތަނަށް ހައްލުވެފައި ނުވާތީ އެލްޖީއޭގެ އިއްޔެގެ ބައްދަލްވުމު ގައި ވަނީ މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައެވެ.

އެލްޖީއޭ އިން ބުނީ ވަދޫ ކައުންސިލް ގައި އަހްލާގީ އަދި ސުކޫލީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ އިދާރީ ހިންގުން ހުއްޓިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރާނެ މާހައުލެއް ނެތި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓިފައިވާ ކަމަށެވެ. އެހެން ކަމުން އެ ކައުންސިލްގެ އިންކުއަރީ އެއް ހެދުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައެވެ.

ވާދޫ ކައުންސިލްގައި އުފެދިފައިވާ މައްސަލަތަކަކީ ކޮބައިކަމެއް އެލްޖީއޭ އިން ސާފުކޮށްދީފައެއް ނުވެ އެވެ.

"މި" ނޫހުން ސުވާލު ކުރުމުން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ކައުންސިލަރުންގެ މެދުގައި އެއްބައިވަންތަކެއް ނެތް ކަމަށާ އުސޫލުގެ ތެރެއިން ކައުންސިލް ހިންގުމަށް ވަރަށް ބޮޑަށް ދަތި ވެފައިވާ ކަމަށެވެ. އިދާރާގެ ސެކްރެޓަރީ ޖެނެރަލް، ކައުންސިލްގެ އެެހެން މުވައްޒިފުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ. 

އެހެން ވުމުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ހުއްޓި ކައުންސިލްގެ ހިންގުން ވެސް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ. ވަރަށް ބިން ބޮޑު ނަމަވެސް ފައްސަތޭކައެއްހާ މީހުން ވެސް ދިރިނޫޅޭ ވާދޫގެ ރައްޔިތުންނަށް ކައުންސިލުުން ދޭން ޖެހޭ ހިދުމަތްތަކާއި ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކަންކަން ހުއްޓިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިނގަމުންދާ މި ދައުރު ގައި ވާދޫ ކައުންސިލަށް ހަތަރު މެންބަރަކު އިންތިހާބުވީ އަމިއްލަ ގޮތުންނެވެ. އެއް މެންބަރަކު އިންތިހާބު ވީ އެމްޑީޕީގެ ޓިކެޓް ގައެވެ. ނަމަވެސް ކައުންސިލްގެ ރައީސާއި އެމްޑީޕީގެ ޓިކެޓް ގައި އިންތިހާބުވި މެންބަރު މިހާރު ހުންނެވީ ދަ ޑިމޮކްރެޓްސް ގައެވެ. އަދި އަމިއްލަ ގޮތުން އިންތިހާބު ވީ އަނެއް ތިން މެންބަރުން ވަނީ އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓް

1
450
ގޮޅެޔާ
3 months ago

ކައުންސިލަށް ހިވަންވާނީ ބޯ ހަމަޖެހޭ މީހުން. ތިރަށު މީހުނަށް ވޯޓް ލާން ނޭނހެނީތޯއްޗެއް!؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.