ރާއްޖެ ސަރަހައްދުގައި ކޮޅިގަނޑެެއް، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް

މެޓުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ފަހުން ކުރި ވިއްސާރާ ގައި ވެރިރަށް މާލޭގެ މަގެއް ގައި ފެންބޮޑުވެފައި: ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލު ވާން މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.

މެޓުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

"ވީމާ މޫސުމަށް ސަމާލުވުން އެދެން،" މެޓުން ނެރުނު ސަމާލު ގައި ބުންޏެވެ.

ދާދި ފަހުން ވެސް މުޅި ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭވެހުނެވެ. މާލެ ސަރަހައްދަށް ރެކޯޑް މިންވަރަށް ވާރޭ ވެހި މުޅި މާލެއާ ހުޅުލެ އަދި ހުޅުމާލޭގެ ބޮޑު ބައެއް ގައި ފެންބޮޑުވި އެވެ. އާންމު ދަތުރުފަތުރާއި ދިރިއުޅުމަށް ވެސް ބުރޫ އަރާ ބައެއް ގޭގެއަށް ގެއްލުންވެސް ވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.