އާ އަހަރުގެ ފުރަތަމަ ހަފުތާ | ޓޫރިޒަމްގެ ކުރީގައި ރަޝިއާއާ އިޓަލީ

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމަށް 6.7 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. ޖުމްލަ 33,807 ޓޫރިސްޓުން އައިސްފައިވެ އެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތަށް ރާއްޖެއަށް ފެށުން: މިއަހަރުގެ މިހާތަނަށް ގިނައީ އިޓަލީ އަދި ރަޝިއާ މީހުން -- އެމްއޭސީއެލް

އާ އަހަރު ފެށި އެއް ހަފުތާ ދިޔައިރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެވަނަ ގައުމުގެ ގޮތުގައި އިޓަލީ ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރިން މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 33,807 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 31,688 ޓޫރިސްޓުންނާ އަޅާބަލާނަމަ 6.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޓޫރިސްޓުން އައި ގައުމުތައް

  •  ރަޝިއާ - 5,725
  •  އިޓަލީ - 5,156
  •  އިންޑިއާ - 2,372
  •  ޔޫކޭ - 2,238
  •  ޖަރުމަރު - 1,960
  •  ޔޫއެސްއޭ - 1,350
  •  ކަޒަކިސްތާން - 1,033
  •  ޗައިނާ - 897
  •  ޔޫމޭނިއާ - 803
  •  ފްރާންސް - 766

މިހާރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ މިދިޔަ އަހަރުވެސް ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފައިވާ ދެވަނަ ގައުމު ކަމަށްވާ ރަޝިއާ އެވެ. އެއްވަނާގައި އޮތީ އިޓަލީ އެވެ. އެ ގައުމަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓެވެ. އަދި އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕް އައި ގައުމެވެ. 

އަހަރުގެ ފުރަތަމަ ހަތް ދުވަހު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 5,635 ޓޫރިސްޓުން އައިސްފައިވެ އެވެ. އެވްރެޖުކޮށް ޓޫރިސްޓުން މަޑުކޮށްފައިވަނީ  8.1 ދުވަހު އެވެ. 

ރާއްޖެއަށް މިދިޔަ އަހަރު ނިމުނުއިރު އައިސްފައިވަނީ ޖުމްލަ 1,878,543 ޓޫރިސްޓުންނެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 މީހުންނެވެ. އަދި މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.