ސަރަޙައްދީ ހަނގުރާމައެއް ކުރަން އިޒްރޭލަށް ފަހިކޮށް ދިނުން ބަލައި ނުގެނެވޭނެ: އުރުދުން

މިދިއަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައި ފެށި ހަނގުރާމާގައި މިހާތަނަށް 23،084 މީހުން ފަލަސްތީނުން މަރާލާފައި ވެއެވެ.

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފްދީ

އިޒްރޭލަށާއި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ސަރަޙައްދީ ހަނގުރާމައެއް ކުރުމުގައި ކުރިޔަށް ދާން ބައިނަލްއަގުވާމީ މުޖުތަމައުން ފަހިކޮށް ފުރުސަތުތައް ހުޅުވަފައި އޮތުން ބަލައި ނުގަނެވޭ ކަމަށައި އުރުދުން އިން ބުނެފި އެވެ.

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފްދީ ވިދާޅުވީ ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތަކާ އިޒްރޭލުން ހުއްޓާލުމެއް ނެތި ކުރިޔަށް ގެންދާ ހަނގުރާމައާ ގުޅުވާލައްވާ ފްރާންސްގެ ހާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގަ އެވެ.

އުރުދުން ދެކޭ ގޮތުގައި ހަނގުރާމަ ނިންމަން ގޮވާލާ އދ. އިން ގަރާރެއް ފާސް ކުރާކަށް މިހާރު ހުރަހެއް ނެތެވެ. އެކަމަކު އެކަން އެގޮތަށް ފަހި ނުކޮށްދޭތީ ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ސީދާ ސަރަޙައްދީ ހަނގުރާމައަކަށް ދާށެވެ. އޭރަށް މިހާރު އުފެދިފައިވާ ސަރަޙައްދީ ހަމަނުޖެހުން ބޮޑުވެގެން ދާނެ އެވެ.

މިދިއަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައި ފެށި ހަނގުރާމާގައި މިހާތަނަށް 23،084 މީހުން ފަލަސްތީނުން މަރާލާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.