އާޒިމާގެ މައްސަލައެއް ނެތް، ހަބަރު ފެތުރި ނޫހަށް ސިވިލް ކޯޓުގެ އިންޒާރެއް

".. އަދި މިފަދަ އަމަލުތަކަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ކަމަށް ބަލައި އެފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަން އަންގަމެވެ،"

ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިން

ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅިފައިވާ ކަަމަށާ މާދަމާ އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވާ ކަމަށް ބުނެ ނޫހަކު ފެތުރި ހަބަރެއް ދޮގުކޮށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސިވިލް ކޯޓުން ދީފި އެވެ.

ސިވިލް ކޯޓުން ނޫސް ބަޔާނެއް ނެރެ އެފަދަ އިންޒާރެއް ދީފައި ވަނީ "އާޒިމާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް" މި ސުރުހީގެ ދަށުން އޮންލައިން ނޫހަކު ހަބަރެއް ގެނެސްދީފައިވާތީ އެވެ.

ކޯޓްގެ ސަމާލު ކަމަށް އެކަން އާޒިމާ ވަނީ ގެނެސްފައެވެ. ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕްލެޓިނަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށާ މި މައްސަލައާ ގުޅިގެން ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ އަށް ތާވަލުކޮށްފައިވާ ކަމަށް ބުނެފައިވާ ވާހަކަ އަކީ ދޮގެއް ކަމަށާ އެފަދަ މައްސަލަ ސިވިލް ކޯޓްގައި ރަޖިސްޓްރީ ވެސް ކޮށްފައި ނެތް ކަމަށެވެ.

އަދި މައްސަލައިގެ ލިޔެކިޔުންތައް ކަމަށް ބުނެ ނޫހުގައި ހިމަނާފައިވާ ލިޔުންތަކަކީ ވެސް ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ.

ކޯޓްގެ ބަޔާނުގައި ރައްޔިތުންގެ ކުރިމަތީ ކޯޓާއިމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް އަދި ކޯޓްގެ ލިޔުންތަކެއް ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކށް ކޯޓްގެ އަގު ވެއްޓޭ ގޮތަށް ކުރާ މިފަދަ ނޭދެވޭ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުންޏެވެ.

".. އަދި މިފަދަ އަމަލުތަކަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ކަމަށް ބަލައި އެފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަން އަންގަމެވެ،" ސިވިލްކޯޓްގެ ބަޔާނުގައި ވެއެވެ.

އާޒިމާއާ ގުޅޭ ހަބަރު ފެތުރި މައްސަލާ އެކަމަނާ ވަނީ މީޑިއާ ކައުންސިލަށް ވެސް ހުށައަޅާފައެވެ. އަދި އެ މައްސަލަ ދޫނުކުރައްވާނެ ކަމަށާ ޝަރުއީ މަރުހަލާއާ ހަމަައަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.