1.1 މިލިއަން ހޯދަން ޖިހާދަށް ކުރި ދައުވާ ގެންގޮސްފި

ގާނޫނީ ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރި ދައުވާ ގައި އެދިފައި ވަނީ 1،109،227.36 ރުފިޔާ އެކީ އެއްފަހަރާ ހޯދާށެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --

ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ އަތުން 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ދައުލަތުން ޖިހާދުގެ މައްޗަށް އެ ދައުވާ އުފުލީ ނާއިބު ރައީސްގެ ހައިސިއްޔަތުން ދިރިއުޅުވުމަށް އެމަނިކުފާނަށް ހާއްސަކުރި ރެހެނދި ފްލެޓްގެ ދެ އެޕާޓްމަންޓް ހުސްނުކުރި މައްސަލާ ގައެވެ. ރައީސް ޔާމީންގެ ވެރިކަން ނޮވެންބަރު 17، 2018 ގައި ނިމުނު ނަމަވެސް ފެބްރުއަރީ 17، 2020 ގެ ނިޔަލަށް އެ ދެ އެޕާޓްމަންޓް ހުސްނުކޮށް ޖިހާދު ބޭނުން ކުރެއްވި ކަމަށް ދައުލަތުން ބުނެ އެވެ.

ގާނޫނީ ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ދައުވާ ގައި އެދިފައި ވަނީ 1،109،227.36 ރުފިޔާ އެކީ އެއްފަހަރާ ހޯދާށެވެ. އެ ފައިސާ ހޯދަން އެދިފައި ވަނީ އެތަނުގެ މާކެޓް ރެންޓާއި ނުދައްކާ ހުރި މެއިންޓެނަސް ފީ އާއި ކަރަންޓާއި ފެން ބިލަށް ވާ ފައިސާގެ ބަދަލު ގައެވެ.

ސިވިލްކޯޓްގެ ގާޒީ ހަސަން ފަހްމީ އިބްރާހިމް ނިންމެވި މައްސަލާ ގައި ބުނެފައި ވަނީ އެ މައްސަލާގައި ދައުވާ ކުރަން ޖެހޭ ސަބަބެއް އޮތް ކަަމަށް މިހާރު ނުފެންނާތީ މައްސަލަ އަނބުރާ ގެންދިއުމަށް މާޗް 13 ގައި ރައީސް އޮފީހުން ސިޓީއަކުން އެދިފައިވާތީ އެ މައްސަލައާ ގުޅޭ ދައުވާ ފޯމް ބާތިލު ކުރާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.