މައުމޫނުގެ ވާހަކަފުޅަށް ސަމީރު ރައްދު ދެއްވައިފި

މައުމޫންގެ ވާހަކަތައް ޒުވާބު ދެއްވާ ދީނީ ގޮތުން ދަލީލު ދައްކަވައި ސަމީރު ވިދާޅުވީ ގިސޯސުގެ އުގޫބާތަށް އިންކާރު ކުރާ މީހުންގެ ބުއްދިއާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު

އިސްލާމް ދީނުގެ އިލްމުވެރިއެއް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ރާއްޖޭގައި ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް އަހްމަދު ސަމީރު ރައްދު ޒުވާބެއް ދެއްވައިފި އެވެ. 

އޭނާއަކީ ރާއްޖޭގައި ދީނީ ޝިއާރު އެންމެ ފުޅާ ދާއިރާއެއްގައި ފެތުރުމުގެ މަސައްކަތުގައި އޮތް ސަލަފު ޖަމިއްޔާގެ އިލްމުވެރިންގެ ރައީސެވެ. މައުމޫނަކީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ރާއްޖޭގެ ހަމައެކަނި ދީނީ އިލްމުވެރިޔާ އެވެ. 

ސަމީރުގެ ފަރާތްޕުޅުން މައުމޫނަށް ރައްދު ޒުވާބެއް ދެއްވީ އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށާއި އާންމުންގެ ތާއީދު ހޯދަން އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވެގެނެވެ.  

މައޫނުގެ ފަރާތްޕުޅުން އެފަދަ މޭރުމެއްގައި ވާހަކަފުޅެއް އައީ ވެރިކަން ހިންގާ ކޮންގްރެެސް ޕާޓީން މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ވިދާޅުވެގެނެވެ. އާޒިމާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަ ނައިބެވެ. އެކަމަނާ ބަންޑާރަ ނައިބުކަން ފުރަތަމަ ކުރެއްވެވީ ވެސް މައުމޫނުގެ ވެރިކަމުގަ އެވެ. 

މައުމޫންގެ ވާހަކަތައް ޒުވާބު ދެއްވާ ދީނީ ގޮތުން ދަލީލު ދައްކަވައި ޝައިހު ސަމީރު ވިދާޅުވީ ގިސޯސުގެ އުގޫބާތަށް އިންކާރު ކުރާ މީހުންގެ ބުއްދިއާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ހޭބުއްދި ހުރި މުސްލިމުން ދައްކާނެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

"ގިސޯސްގެ އުގޫބާތަކީ އިންސާނިއްޔަތަށްވާ ދިރުމެއްކަން ބަޔާން ކުރެއްވި އާޔަތުގައި، ބުއްދީގެ އަހުލުވެރިންނާ މުހާތަބު ކުރައްވާފައިވުމުން، އެ ހުކުމަށް އިންކާރު ކުރާމީހުންގެ ބުއްދިއާ މެދުވެސް ސުވާލު އުފެދެއެވެ. އެއި ހޭބުއްދިވާ އިސްލާމުން ދައްކާނެ ވާހަކައެއް ނޫނެވެ." ސަމީރު އެކްސްގައި ޒުވާބު ދެއްވައި ލިޔުއްވެވި ވެއެވެ.

ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ފުރަތަމަ ވިދާޅުވެ އެކަމަށް ތައްޔާރީތައްވީ މައޫމޫނުގެ ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

1
450
ބުއްދިއެއް ނޫން ދީނީ އަގީދާ
3 months ago

ބުއްދި ސަލާމަތުން ހުރެގެންތާ އެވަރުގެ އެއްޗެއް ލިޔެވޭނީ. އެއަށް ވުރެ ކަންބޮޑުވުން ބޮޑު ކަމަކަށް އޮތީ މައުމޫނުގެ ދީނީ އަގީދާއާ މެދު އޮތް ސައްކު. މާތް ﷲ ބާވާލެއްވި ޙުކުމްތަކަށް އިންކާރުކޮށް ޝައްކު އުފެއްދުމަކީ ދީނުން ބޭރުވެދާނެ ވަރުގެ ބިރުބޮޑު ކަމެއް ކަމަށް ޝައިޚް ބިން ބާޒް (ރަޙިމަހުﷲ) ފަދަ ރައްބާނީ އިލްމުވެރިން ވަނީ ވިދާޅުފައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.