ރާއްޖޭގެ ސަފީރު ހާޒިރުކޮށް އިންޑިއާއިން ސުވާލު ކުރަނީ

މިއަދު ޝަފީރު ހާޒިރުކުރާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހާޒިރު ކުރަނީ އެވެ. 

ސަފީރު، ޝަހީބު ހާޒިރު ކުރަނީ ރާއްޖެއާ އިންޑިއާގެ ގުޅުމަށް ބުރޫއަރާ މިންވަރުގައި ނުތަނަވަސް ކަމެއް އުފެދި އިންޑިއާ އާއި  ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފުރައްސާރަ އާއި މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ވެސް ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު ޝޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެނެވެ. 

 ދޭދޭ ގައުމުތަކުގައި ގުޅުމަށް ބުރޫއަރާ ފަދަ މައްސަލަތަކާ ގުޅިގެން އޮންނަ ހާރިޖީ ޕްރޮޓޮކޯލްގެ ތެރެއިން ސަފީރުން ހާޒިރު ކުރުމަކީ ހިނގާ ކަމެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިންޑިއާގެ ސަފީރުން ވެސް މީގެ ކުރީން އެތައް ފަހަރަކު ހާޒިރު ކޮށްފައި ވެއެވެ. 

ރާއްޖޭގެ ސަފީރު ހުންނަވަނީ ވެރިރަށް ނިއު ދިއްލީގަ އެވެ. ޝަހީބް މިއަދު ހާޒިރުވެ ވަޑައިގަންނަވާ އަންގަވާފައި ވަނީ ހެނދުނު 9:00 ޖަހާއިރަށެވެ. 

ރާއްޖެއާ އިންޑިއާއާ ދެމެދު ނުތަނަވަސް ބޮޑު ވެފައި ވަނީ ރމިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމުގެ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ޓޫރިޒމް ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ޗުއްޓީ ހަދަން ދާނ ް ގޮވާލައި ރާއްޖެއާ ދެކޮޅަށް ކެމްޕޭނެއް ފެށުމުން އެކަމާ ދެކޮޅަށް ރާއްޖޭ އެތައް ބަޔަކާއި ސަރުކާރުގެ ބައެއް އޮފިޝަލުން ބައިވެރިވެ އިންޑިއާ އާއި ބޮޑުވަޒީރު މޯދީއަށް ކުޑައިމީސް ކުރަން ފެށުމުންނެވެ. 

މިއަދު ޝަފީރު ހާޒިރުކުރާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. ފާޅުކުރި އެ ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ކަމަށާއި ނަފްރަތު ނުފެތުރުމަށާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް އެކަން ކުރުމަށް ވެސް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.