ޔާމީން، ޑީއެމްޑީ އަކަށް ހަމަޖެއްސުމުން އެ ކުންފުނިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ޑީއެމްޑީ އަކަށް ކުރީގެ މަޖިލީސް މެންބަރު ޔާމީން ރަޝީދު އައްޔަނު ކޮށްފި އެވެ.
ޔާމީން، ޑީއެމްޑީ އަކަށް ހަމަޖެއްސުމުން އެ ކުންފުނިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.
ވެލިދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި ޔާމީނަކީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާ ޕީޕީއެމްގައި އުޅުނު ބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުންނެވީ ގާސިމާ އެކު އެވެ.
ދެވަނަ ބުރުގައި ރައީސް މުއިއްޒު އެންޑޯޒް ކޮށް ޕީޕީއެމާއި ގުޅުނެވެ.
އޭނާ ވަނީ ރާއްޖެ ޓީވީއާ ސަންގު ޓީވީއާ ދިވެހި ޗެނަލް ގައި ވެސް މަސައްކަތް ކޮށްފައެވެ. މި ފަހުން ވެސް ނޫސްވެރިން ތަމްސީލު ކުރާ އިވެންޓްތަކުގައި ބައިވެރިވި އެވެ.
ޕީއެސްއެމްގެ އެމްޑީ އަކީ ކުރީގެ ނޫސްވެރިޔާ / ޓީވީ ހުށައެޅުންތެރިޔާ ޒީނާ ޒާހިރެވެ. ޒީނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަން ކޮށްފައެވެ. ފަހުން އަމިއްލަ ނޫހެއް ވެސް ހިންގި އެވެ.