ރާއްޖެއާ ދެކޮޅަށް އިންޑިއާ ތަރިން؛ ލަކްޝަދީޕު ހިޔާރުކުރޭ!

އޭނާ ބުނެފައި ވަނީ ރާއްޖޭގެ މިނިސްޓަރުންނާއި އިސް އޮފިޝަލުންގެ ފަރާތުން ފެނުނު އެ އަމަލަށް އެންމެ ކުޑަމިނުން މައާފަށް އެދެންވާނެ ކަމަށެވެ.

ސަލްމާން ހާން، އަކްޝޭ ކުމާރަ އަދި ވިރާޓް ކޯލީ: ލަކްޝަދީޕް ޕްރޮމޯޓްކުރަން ވަނީ ކެމްޕޭނެއް ފަށާފައި --

އިންޑިއާގެ ލަކްޝަދީޕްގެ ރަށްތަކުގައި ޓޫރިޒަމް ކުރިއަރުވާ، ޗުއްޓީ ހޭދަ ކުރަން އެ ރަށްތައް ހިޔާރު ކުރުމަށް ގޮވާލާ އިންޑިއާގެ ތަރިން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

އިންޑިއާގެ މަޝްހޫރު ބޮލީވުޑް ތަރިންނާއި ކުޅިވަރު ތަރިން ވެސް ހިމެނޭހެން މި ކެމްޕޭނު ފަށާފައި ވަނީ ލަކްޝަދީޕްގެ ރަށްތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް އިންޑިއާއިން މަސައްކަތް ފަށާފައި ވަނިކޮށެވެ. އިންޑިއާގެ އެ ނިންމުން އެ ގައުމުގެ ބައެއް މީހުން ސިފަ ކުރީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު މަަސައްކަތެއްގެ ގޮތުގައެވެ. އޭރުން ފެށިގެންް ރާއްޖެއާ ދެކޮޅަށް އެކި ވާހަކަތައް ދަނީ ދައްކަމުންނެވެ.

އެއާއެކު ދިވެހީންގެ ބަޔަކު ވެސް ވަނީ އިންޑިއާއަށް ފާޑުކިޔާ އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ދެ ފަރާތުން އެކި ވާހަކަތައް ދައްކަމުން ގޮސް އެންމެ ފަހުން ޒާތީ ގޮތުން ދެ ގައުމުގެ ވެރީންނަށް ފާޑުކިޔާ ހިސާބަށް ކަންކަން ދިޔައެވެ.

މައްސަލަ ގޯސްވީ ދިވެހި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު ބޮޑުވަޒީރު މޯދީއަށް ފުރައްސާރަވާ މޭރުމުން ޕޯސްޓް ކުރުމުންނެވެ. އެއި ޔޫތު މިނިސްޓްރީގެ ދެ ނާއިބެކެވެ.

މައްސަލަ ވަރަށް ހުނޫވެފައި ވަނިކޮށް އިންޑިއާގެ ބޮލީވުޑްގެ "އޭ" ލިސްޓުގެ ސްޓާރުން ހިމެނޭހެން މިއަދު ވަނީ އެކްސް ގައި ޕޯސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރާއި ސަލްމާން ހާން ހިމެނެ އެވެ. އަދި ކްރިކެޓް ސްޓާރު، ވިރާޓް ކޯލީ ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

ދިވެހި ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ލަކްޝަދީޕާ ދެކޮޅަށް ކޮށްފައިވާ ޕޯސްޓްތަކެއް ހިއްސާ ކުރަމުން އަކްޝޭ ބުނެފައި ވަނީ، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމާ ދެކޮޅަށް އެހާ ރޭސިސްޓް ކޮމެންޓްތައް ކުރަމުންދާތީ ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ. 

"އަހަރެމެން އަހަރެމެންގެ އަވަށްޓެރިންނަށް ވަރަށް ރަގަޅު. އެކަމަކު މިފަދަ ކަންކަން ތަހައްމަލް ކުރަންވީ ކީއްކުރަން؟ އަހަރެން ވެސް ވަރަށް ގިނައިން ރާއްޖެ ދިޔައިން. އެކަމަކު އެންމެ ފުރަތަމަ ކުރިއަށް ގެންނާނީ އަމިއްލަ އަގު،" އިންޑިއާގެ ޓޫރިޒަމަށް ހިތްވަރު ދެމުން އަކްޝޭ ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ސަރުކާރުގެ އިސް ވެރިންގެ ފަރާތުން ފެނުނު އަމަލުތަކާ ދެކޮޅަށް ވިރާޓް ކޯލީ ވެސް ވަނީ ކޮމެންޓެއް ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ރާއްޖޭގެ މިނިސްޓަރުންނާއި އިސް އޮފިޝަލުންގެ ފަރާތުން ފެނުނު އެ އަމަލަށް އެންމެ ކުޑަމިނުން މައާފަށް އެދެންވާނެ ކަމަށެވެ. 

ވިރާޓް އެ ކޮމެންޓްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކަށް ރިޕްލައި ކުރަމުންނެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރީންނާއި މަޝްހޫރު ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރަމުން

މޯދީ ވަނީ ލަކްޝަޑްވީޕްގެ ރަށްތައް ބައްލަވާލައްވާ އެއީ ވަރަށް ރީތި / ޗުއްޓީ ހޭދަ ކޮށްލަން އެންމެ ހިތްގައިމު މަންޒިލު ކަމަށް ވިދާޅުވެފަ އެވެ. އެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން ސަލްމާން ހާން، ޝްރައްދާ ކަޕޫރު އަދި ޖޯން އަބްރަހަމް ފަދަ ތަރިން ވަނީ އިންޑިއާގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މި ކެމްޕޭނުގެ ތެރެއިން ޕޯސްޓްކޮށްފަ އެވެ.

ރާއްޖެ އަކީ އިންޑިއާގައި އެންމެ މަޝްހޫރު ޓޫރިޒަމް ޑެސްޓިނޭޝަނެވެ. އިންޑިއާގެ ގިނަ ތަރިން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން އަންނަނީ ވެސް ރާއްޖެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.