އަމީނީ މަގުގެ ފަހު ދެ ސެގްމެންޓްގައި ތާރު އަޅާ ނިންމާލައިފި

މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ.

މިއަދު ހެނދުނު އަމީނީ މަގުގެ ފަހު ބައިގެ އެންމެ ފަހު ތަންކޮޅުގައި ތާރު އަޅަނީ: މަސައްކަތް މިހާރު ވަނީ އެކަށް ނިމިފައި

މާލޭގެ އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ހިމެނޭ ދެ ސެގެމެންްޓްގެ މަސައްކަތް ނިންމާލުމަށްފަހު، އެ ބައިގައި ތާރު އަޅާ މިއަދު ހެނދުނު ނިންމާލައިފި އެވެ.

އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓް 12، އަދި 13 އިގެ މަސައްކަތް ފެށީ މިދިއަ ޑިސެމްބަރު މަހުގެ ނުވަނަ ވަނަ ދުވަހު އެވެ. އެ ދެ ބައިގެ މަސައްކަތް ނިންމާލުމަށް ފަހު ތާރު އަޅަން ފެށީ އިއްޔެ މެންދުރު ފަހު އެވެ. ތާރު އަޅާ ނިންމާލީ މިއަދު ހެނދުު 8:00 ޖަހާ އެހާކަންހާއިރު އެވެ. އެ ގަޑީގައި ތާރު އަޅާ ނިންމާލާފައި ވަނީ 11 ވަނަ ސެގެމްނެޓާ ގުޅޭ ތަނެވެ. 

ރޭ ފަތިހާއި މިއަދު އިރު އަރައިގެން އައިރު ވަގު މާލެ ވަށައި ދުވާށާއި ކަސްރަތަށް ނުކުތް ގިނަ އަދަދެއްގެ ބަޔަކު ވަނީ ތާރު އެޅި ބައި ބޭނުން ކޮށްފަ އެވެ. އަދި ފަތިސްގަޑީގައި މަގުގެ އެންމެ ފަހު ބައިގެ ތާރު އަޅަމުން ދިޔައިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަތިސް ނަމާދަށް ފަހު މަގުގެ މަސައްކަތް ކުރާ ތަނަށް ވަޑައިގެން މަސައްކަތް ބައްލަވާލާފައްވާފަ އެވެ. 

،މަގުގެ މަސައްކަތް ނިމުނު ނަމަވެސް މަގުގެ އެ ދެ ބައި އާންމުކޮށް ހުޅުވާލާނެ ދުވަހެއް އަދި ނޭނގެ އެވެ. 

މި ދެ ސެގެމެންޓްގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނީ ކުރިން މަގުގެ މަސައްކަތް ކުރި އިރު އެންމެ ސެގެމެންޓެއްގެ މަސައްކަތް ތާރުޅާ އަޅާ ހިސާބަށް ގެންދިޔަ ސްޕީޑަށްވުރެ ވެސް އަވަސް ކޮށެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރާށެވެ. 

މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ. ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ. 

އޭގެ ފަހުން އެކި ތާރީހުތައް ކަނޑައަޅާ އެންމެ ފަހު ތާރީހަކަށް ކަނޑައެޅީ މިދިއަ އަހަރުގެ ސެޕްޓެންބަރެވެ. އެ މުއްްދަތު ނިމި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަމީނީ މަގު މުޅީން ނުނިންމުނެވެ. 

ކޮމެންޓް

1
450
ފޭން
4 months ago

5 އަހަރު ވީއިރު ނުވި ކަމެއް އެ ނިންމާލަދިނީ. ކަންކަން ކުރެވޭމީހުން ކަމާ ހަވާލުވީމަ ކަންވެފަ ހުންނާނީ. ތޭންކްސް ޕްރެޒް މުއިޒް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.