ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެސެމްބުލީ ބާއްވާ ގައުމީ ސަލާން ކިޔަން އަންގައިފި

ކޮންމެ ދުވަހެއްގެ އެސެމްބުލީ ގަޑި 10 މިނެޓަށް ވުރެ ދިގު ނުކުރަން ވެސް އަންގާފައިވެ އެވެ. އަދި ހަފްތާގެ ކޮންމެވެސް އެއް ދުވަހެއްގެ އެސެމްބުލީ ހާއްސަކުރަން ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ހަފްލާ އެއް ގައި ވާހަކަ ދައްކަވަނީ

ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެސެމްބުލީ ބާއްވާ ގައުމީ ސަލާން ކިޔަން އަންގާ ސުކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ސާކިއުލާ އެއް ފޮނުވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާ ގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެސެމްބުލީ ބާއްވަން އަންގާ އެސެމްބުލީ ގައި ކޮންމެހެން ހިމަނާން ޖެހޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން އެސެމްބުލީ ގައި ގުރުއާން ކިޔެވުމާއި ގައުމީ ސަލާމް ކިޔަން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކޮންމެ ސުކޫލަކުން ވެސް ކަނޑައަޅާ ވަކި ދުވަސްތަކެއް ގައި އެ ސުކޫލެއްގެ ލަވަ ކިޔަން ވެސް އަންގާފައިވެ އެވެ.

ކޮންމެ ދުވަހެއްގެ އެސެމްބުލީ ގަޑި 10 މިނެޓަށް ވުރެ ދިގު ނުކުރަން ވެސް އަންގާފައިވެ އެވެ. އަދި ހަފްތާގެ ކޮންމެވެސް އެއް ދުވަހެއްގެ އެސެމްބުލީ ހާއްސަކޮށް އެ ދުވަސް ދުވަހު ދިވެހި ގައުމިއްޔަތަށް އިސްކަން ދިނުމާ ގުޅޭ ކަންކަން ހިމެނުމަށް ވަނީ އަންގާފައެވެ.

އެޑިއުކޭޝަންގެ ސާކިއުލާ ގައި ވަނީ ކޮންމެ ދުވަހަކު އެސެމްބުލީ ބޭއްވުމުގެ މުހިންމު ކަން ވަނީ ފާހަގަކޮށްފައެވެ. 

ކުރު ޗުއްޓީ އަަކަށް ފަހު ފަހު ޓާމުގެ ކިޔެވުން މާދަމާ ފެށޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.