މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ދޭތެދޭތެރެ އިން ކޮންމެ ސަރުކާރެއްގައި ވެސް ކުރިއަށް ގެންދެ އެވެ.
މިއަދު ފެށި އެ ޕްރޮގްރާމަކީ މިއީ މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއާ ހެލްތު މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
ކާނުތައް ސާފު ޕްރޮގްރާމު މިއަދު ރަސްމީކޮށް ފެށީ ތައިސޭ ކޮށި ސަރަހައްދުންނެވެ. މި ޕްރޮގްރާމުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ. މިއަދު ފެށި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ސިޓީ ލޯކަލް ގަވަމެންޓްގެ މިނިސްޓަރު އާދަމް ޝަރީފެވެ.
މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ދޭތެދޭތެރެ އިން ކޮންމެ ސަރުކާރެއްގައި ވެސް ކުރިއަށް ގެންދެ އެވެ.