ތަފާތު ދައްކާނަން، ހޮވައިގެން ކުރަން ޖެހޭނެ ހިތާމައެއް ނޯންނާނެ: އާޒިމާ

"އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ވާ ވައުދަކީ އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާށޭ، އަޅުގަނޑުމެން ތި ރައްޔިތުންނަށް ތަފާތު ދައްކާނަމޭ. އަޅުގަނޑު ޑެލިވާ ކޮށްދޭނަމޭ"

މޭޔަރުގެ ރޭހަށް ކޮންގްރެސް ޕާޓީން ނެރުއްވި ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ -- ވަގުތުގެ ފޮޓޯއެއް

މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބު ކޮށް ދެއްވައިފިނަމަ ރައްޔިތުން އެކަމާ ހިތާމަ ކުރަން ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާ މަސައްކަތުން ތަފާތު ދައްކާނެ ކަމަށް މޭޔަރުގެ ރޭހުގައި ސަރުކާރު ހިންގާ -- ކޮންގްރެސް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އެކަމަނާގެ މެނިސްޓޯ ލޯންޗު ކުރުމަށް މިރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ވޯޓް ދެއްވަވާ ހޮއްވަވައިފިނަމަ ތަފާތު ދައްކަވާނެ ކަމަށެވެ. 

"އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ވާ ވައުދަކީ އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާށޭ، އަޅުގަނޑުމެން ތި ރައްޔިތުންނަށް ތަފާތު ދައްކާނަމޭ. އަޅުގަނޑު ޑެލިވާ ކޮށްދޭނަމޭ. އަޅުގަނޑުމެން ހޮވައިގެނެއް ރައްޔިތުން ކުރަން ޖެހޭނެ ހިތާމައެއް ނޯންނާނޭ،"

އަދި ވިދާޅުވީ އިންތިހާބަށް ނިކުންނަވާ ހުންނެވީ ވަރަށް ބޮޑު ޔަގީންކަމަކާ އުންމީދެއް ގައި ކަމަށެވެ. އެކަމަނާގެ މެނިފެސްޓޯ ގައި ހިމަނުއްވާފައިވާ ކަންކަން ހާސިލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ އިތުބާރާ ޔަގީންކަން އޮތް ސަބަބު ވެސް ވިދާޅުވެ ދެއްވި އެވެ.

"ރައީސްގެ އެބައޮތް ފުރިހަމަ ވިޝަން އެއް. [ދެން އޮތީ] ކީއްވެހޭ އަޅުގަނޑު މިހާ ކޮންފިޑެންޓްކޮށް މި ހުރީ. އަޅުގަނޑު މިހާ ކޮންފިޑެންޓްކޮށް މި ހުރީ އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑަށް މަގު ދައްކަވަން ހުންނެވީ މާލޭގެ މޭޔަރު ކަމުގައި އެތައް ކާމިޔާބީއެއް ހޯއްދަވާފައި އަދި އެ ކާމިޔާބީތަކާއެކު ރައްޔިތުން ފުރިހަމަ އަށް ވޯޓް ދެއްވާފައި ހުރި ވެރިއަކު ކަމަށްވާތީ. އެއީ އަޅުގަނޑުގެ ކޮންފިޑެންޓަކީ،"

އާޒިމާއަށް ވޯޓް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި

އަންހެނަކަށް ވިޔަސް ސާބިތުކަން ދައްކާނަން

އާޒިމާ ވިދާޅވީ މޭޔަރުގެ ރޭހުގައި ގިނަ ކެންޑިޑޭޓުން ތިއްބެވިއިރު ހަމައެކަނި އަންހެންނަކީ އެކަމަނާ ކަމަށެވެ. އިންތިހާބު ތަކުގައި އަންހެނުންނަށް އޮތީ ފަސޭހަ ރާސްތާ އެއް ނޫން ކަން ފާހަގަ ކުރައްވާ މިއީ އެކަން ބަދަލު ކުރުމަށް ލިބޭ ފުރުސަތެއް ކަަމަށް ވިދާޅުވި އެވެ.

ވެރިރަށުގެ މޭޔަރު ހޮވުމުގެ މި އިންތިހާބު ގައި އަންހެނަކު ހޮވުން މުހިންމު ކަމަކީ އަންހެންނަށް ކުރިއަށް ދެވިދާނެކަން ސާބިތުކޮށް ދިނުމަށް މި އިންތިހާބު މުހިންމު ވެފައި ވުން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަނާގެ އުމުރުން 17 އަހަރު ގައި ގައުމީ ހިދުމަތަށް ނިކުންނެވި ކަމަށާ މިދިޔަ މުއްދަތު ގައި ވަރަށް ގިނަ މުހިންމު މަގާމުތައް ފުރުއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ނަަމަވެސް މިއީ އިންތިހާބެއް ގައި ވާދަ ކުރައްވާ ފުރަތަމަ ފަހަރު ކަމުން މި ފުރުސަތު ދެއްވައިިފިނަމަ އެއީ ދިވެހި އަންހެނުންނަށް މި ގައުމުން ފުރުސަތު އޮތްކަން ސާބިތުކޮށްދޭން ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަންހެނަކަށް ވީނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ސާބިތުކަން ދައްކާނަން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ މެނިފެސްޓޯ ގައި ޖުމްލަ އަށް ބައެއް ހިމަނާފައިވެއެވެ. އެއީ؛

  •  ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް
  •  އެންމެނަށް ރައްކާތެރިކަން
  •  މާމެލާމެލި ފަރިވެ ފޮޅޭނެ
  •  ހަމަ ކޮންމެ މީހަކުވެސް މުހިންމު
  •  ހަމަޖެހިގެން ދިރިއުޅެވޭނޭ މާހައުލެއް
  •  މާލެ ސަރަޙައްދު - އިގްތިސާދީ ނާރެހެއް
  •  21 ވަނަ ގަރުނުގެ ތަހުޒީބީ ރަށެއް
  •  އިލްމާއި ހުނަރުގެ މުޖްތަމަޢެއް
  •  ފަހްރުވެރި ދިވެހި އަންހެނުން

އާޒިމާ ވަނީ އެ ބައިތަކާއި ގުޅިފައިވާ ހުރިހާ ވައުދުތަކެއް މިރޭ ތަފްސީލު ކޮށް ދެއްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.