އާޒިމާގެ މެނިފެސްޓޯ ލޯންޗު ކުރުން މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

މިރޭގެ ރަސްމިއްޔާތު ގައި ކޮންގްރެސް ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކެމްޕެއިން އިވެންޓަކަށް ފަހު އާޒިމާ ނޫސްވެރީންނާއި ވާހަކަ ދައްކަވަނީ: މިރޭ މެނިފެސްޓޯ ލޯންޗު ކުރާނެ

މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ ލޯންޗު ކުރަން ނިންމައިފި އެވެ.

އާޒިމާގެ ކެމްޕެއިން އޮފީހުން ބުނީ މެނިފެސްޓޯ ލޯންޗު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ދިވެހިންގެ ރާއްޖެ މައި ޖަގަހަ -- ދޮންމަނިކު ސްކައިވިއު ތިރީ ގައި ކަމަށެވެ. މިރޭގެ ރަސްމިއްޔާތު ގައި ކޮންގްރެސް ޕާޓީގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ވާހަކަފުޅު ވެސް ދައްކަވާނެ އެވެ.

އާޒިމާގެ މެނިފެސްޓޯ ގައި ޖުމްލަ އަށް ބައެއް ހިމަނާފައިވެއެވެ. އެއީ؛

  •  ކޮންމެ ދުވަހަކީވެސް އުފާވެރި ދުވަހެއް
  •  އެންމެނަށް ރައްކާތެރިކަން
  •  މާމެލާމެލި ފަރިވެ ފޮޅޭނެ
  •  ހަމަ ކޮންމެ މީހަކުވެސް މުހިންމު
  •  ހަމަޖެހިގެން ދިރިއުޅެވޭނޭ މާހައުލެއް
  •  މާލެ ސަރަޙައްދު - އިގްތިސާދީ ނާރެހެއް
  •  21 ވަނަ ގަރުނުގެ ތަހުޒީބީ ރަށެއް
  •  އިލްމާއި ހުނަރުގެ މުޖްތަމަޢެއް
  •  ފަހްރުވެރި ދިވެހި އަންހެނުން

ކޮންމެ ވައުދެއްގައި އެ ދާއިރާއަކުން ހާސިލު ކުރާނެ ކަންކަން ކަނޑައަޅާފައިވެ އެވެ. މިރޭގެ ޖަލްސާ ގައި އެ ތަފްސީލު ހާމަ ކުރާނެ ކަަމަށް ކެމްޕެއިން ޓީމުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.