އެމްއެންޕީގެ ބައެއް ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ވަނީ ރައީސް މުއިއްޒު، އެންޑޯޒް ކޮށް ކޯލިޝަނެއް ހަދާ ފައެވެ. ނާޒިމް ވަނީ ދެވަނަ ބުރުގައި ރައީސްގެ އަރިހުގައި ހުރިހާ ދަތުރުތަކެއް ގައި ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރެއްވި އެމްއެންޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން

ސަރުކާރު ހިންގާ ކޯލިޝަން ގައި ރަސްމީ ހައިސިއްޔަތު އޮތް ތިން ޕާޓީގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ބައެއް އިސް ބޭފުޅުން ސަރުކާރުގެ ބައެއް މަގާމުތަކަށް އައްޔަނު ކުރައްވައިިފި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރު އައީ ޕީޕީއެމް / ޕީއެންސީގެ އިތުރުން އެމްއެންޕީ އާއި އެމްޑީއޭގެ ތާއީދާ އެކު އެވެ. ނަމަވެސް ރަސްމީކޮށް ކޯލިޝަން ގައި އޮތީ ޕީޕީއެމް / ޕީއެންސީގެ އިތުރުން އެމްއެންޕީ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް އެ ޕާޓީން / ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ނިކުންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ވަނީ ރައީސް މުއިއްޒު، އެންޑޯޒް ކޮށް ކޯލިޝަނެއް ހަދާ ފައެވެ. ނާޒިމް ވަނީ ދެވަނަ ބުރުގައި ރައީސްގެ އަރިހުގައި ހުރިހާ ދަތުރުތަކެއް ގައި ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރަށް ދެ މަސްވާން ދާއިރު ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން އައްުޔަން ކުރުން ދަނީ ކުރިއަށެވެ. މިހާތަނަށް އެކި މިނިސްޓްރީތަކަށް 74 ސްޓޭޓް މިނިސްޓަރަކާއި 130 ނާއިބުން ވަނީ އައްޔަނު ކުރައްވާފައެވެ. އޭގެ ތެރޭގައި އެމްއެންޕީގެ ބޭފުޅުން ވެސް ހިމެނެ އެވެ.

އެ ބޭފުޅުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓް ގައި އިއްޔެ ވަނީ ހިމަނާފައެވެ. އެގޮތުން އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމްގެ ރަނިންމޭޓް، ޑރ. ޑރ. އަހުމަދު އަދީލް ނަސީރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައެވެ. އެމްއެންޕީގެ ނާއިބު ރައީސް ހުސައިން އިސްމާއީލް ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް އައްޔަނު ކުރައްވާފައެވެ. އަދި ނާޒިމްގެ ކެމްޕެއިންް ގައި މުހިންމު ދައުރެެއްް އަދާކުރެއްވި ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައެވެ.

އަދި އެމްއެންޕީގެ ތަރުޖަމާން ކަން ކުރެއްވި އަސްރާ އަހްމަދު ވަނީ މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނާއިބަކަށް އައްޔަނު ކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.