ޝަހީމް ސައުދީއަށް، ހައްޖު އެއްބަސްވުމެއްގައި ސޮއި ކުރާނެ

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ ގައުމުގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ސަައުދިއަރަބިއްޔާއަށް ވަޑައިގަތުމަށް މިނިސްޓަރު ޝަހީމް ވީއައިއޭ ގައި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ ގައުމުގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހައްޖު އެންޑް އުމްރާ ކޮންފަރެންސް ގައި ބައިވެރިވުމާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީބއާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާއި ދެމެދު -- ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓް ގައި ސޮއިކުރުމެވެ.

މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.

މީގެ އިތުރުން އިސްލާމީ ބައެއް މުއައްސަސާތަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވާނެ ކަމަށާ ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާ ކުރާނެ ކަމަަށް މިނިސްޓްރީން ބުންޏެވެ.

އަދި ދިވެހި ހައްޖުވެރިންނާއި އުމްރާ ވެރިންނަށް ލިބޭ ހުދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރާނެ ކަމަަށް ވެެސް ބުންޏެވެ.

ޝަހީމް ސައުދީއަަށް ވަޑައިގަންނަވާއިރު ހައްޖު ކޯޓާ އިތުރުކޮށް ހައްޖަށް ގެންދާ އަގު ކުޑަ ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.