ފައިރޫޝްއާ ނަޒީރު، ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމަށް

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ ފައިރޫޝް އަދި ޑރ. އަބްދުﷲ ނަޒީރު އައްޔަން ވަނީ އައްޔަން ކުރައްވާފައެވެ.

ޑރ. އަބްދުﷲ ފައިރޫޝް އަދި ޑރ. އަބްދުﷲ ނަޒީރު

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ ފައިރޫޝް އަދި ޑރ. އަބްދުﷲ ނަޒީރު އައްޔަން ކުރައްވައިފި އެވެ.

ފައިރޫޝް އަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ގައެވެ. ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ފަރާތެވެ.

ފައިރޫޝް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުން އެ ނިންމުމާމެދު ސުވާލު އުފައްދާ މަޖިިލީހުން އެ މައްސަލަ ބަލާފައިވެސް ވެ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ފައިރޫޝް ހުންނެވީ ކާނަލް މުހައްމަދު ނާޒިމްއާ އެކު އެވެެ.

ޑރ. އަބްދުﷲ ނަޒީރަކީ ތައުލީމީ ދާއިރާގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް އިސް މަގާމުތައް ފުރުއްވާފައިވެ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ނަޒީރު ވަނީ ރައީސް މުއިއްޒުގެ ކެމްޕެއިން ގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މި ދެ ބޭފުޅުންނާ އެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ފަސް ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. ދެން ތިއްބެވީ ޑރ. އަބްދުލްރަހީމް ހަސަން އާއި ފާތިމަތު މުހައްމަދުގެ އިތުރުން އަހްމަދު ޝަފީއު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.