އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅައިފި

މި ފަންޑުގައި ހަތް ދާއިރާއެއް ހިމެނެ އެވެ. މި ހަތް ދާއިރާ އިން ކޮންމެ ދާއިރާ އަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީއެއް ދޭނެ އެވެ.

އެލައިޑްގެ ފަންޑު ލިބުނު ފަރާތަކަށް އެކަމުގެ ލިޔުން ހަވާލު ކުރަނީ -- އެލައިޑް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ޕްރޮގްރާމް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް ކަނޑައަޅައިފި އެވެ. 

އެލައިޑުން "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ހުޅުވާލީ މިދިޔަ އަހަރު އެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑް - މި ފަންޑަކީ ހަތް ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް މިންތީގެ ހަމަހަމަކަމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓް ތަކަށް ކުރިމަތިލުމަށް ހުޅުވާލާ އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ މި ފަންޑުގެ ދަށުން ފޯރުކޮށްދެ އެވެ. 

ފަންޑް ލިބޭ ޖަމިއްޔާތައް

  •  ނައިފަރު ޖުވެނައިލް
  •  މިލަންދޫ ސްޕޯޓްސް ކްލަބް
  •  ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ
  •  ބްލޫ ގިލްޑް ފައުންޑޭޝަން
އެލައިޑްގެ ފަންޑު ލިބުނު ފަރާތަކަށް އެކަމުގެ ލިޔުން ހަވާލު ކުރަނީ -- އެލައިޑް

މީގެ އިތުރުން "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާ، އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ފަރާތްތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދޭ ފަންޑެކެވެ. 

އެޑިއުކޭޝަން ފަންޑް ލިބުނު ސްކޫލްތައް

  •  ފޯކައިދޫ ސްކޫލް
  •  މާމެންދޫ ސްކޫލް
  •  ހިރިލަންދޫ ސްކޫލް
  •  ބ.އަތޮޅު އެޑިއުކޭޝަން ސެންޓަރު
  •  މުހައްމަދު ޖަމާލުއްދީން ސްކޫލް
  •  މަދަރަސަތުލް އިފްތިތާހު
އެލައިޑް އިންޝުއަރެންސް - އެލައިޑް އިންޝުއަރެންސް އުފެދިފައި ވަނީ 1985 ވަނަ އަހަރު މޯލްޑިވްސްގެ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ފަށައިގަތީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ އާއި މޯލްޑިވްސްގައި ވިޔަފާރީގެ ހުރިހާ ހަރަކާތެއް ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެންނެވެ. އަދި 1987 ވަނަ އަހަރުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ އެލައިޑް އިންޝުއަރެންސް ޗާޓަރުކޮށްގެން ކޮމާޝަލް ޔޫނިއަން އެޝުއަރެންސްގެ ހިއްސާ އަނބުރާ ގަނެ ދިވެހިންގެ އަމިއްލަ ކުންފުންޏަކަށްވި އެވެ. މިއަދު މި ކުންފުންޏަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ހިއްސާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެލައިޑް އަކީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވޮލިއުމް އާއި ވިޔަފާރީގެ ފައިދާގެ ގޮތުން ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.