އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ ސަސްޕެންޑުކޮށްފި

އަހްމަދާ ގުޅޭ ވަރަށް ގިނަ ޝަކުވާ ސުކޫލުތަކުގެ އިސްވެރީންނާއި ޓީޗަރުން އޭރު ވެސް ދިޔައީ ކުރަމުންނެވެ. ޓީޗަރުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެ މެންބަރަކު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އަހްމަދު އަލީ އިސްވެ 300 އެއްހާ މުވައްޒިފުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑުކޮށްފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނި ގޮތުގައި އަހްމަދު ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ އެވެ. އެ ކޮމިޝަނުން ބުނީ އަމިއްލަ ފަރާތަކުން ހުށައެޅި މައްސަލަތަކުގެ ބާވަތުން އަހްމަދު އަލީ، މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ސަސްޕެންޑް ކުރީ 30 ދުވަހުގެ މުއްދަތަށެވެ.

އަހްމަދު އަލީ، އެޑިއުކޭޝަންގެ ސީއެސްގެ މަގާމަށް ހަމަޖެއްސެވީ 2019 ވަނަ އަހަރު އެވެ. އޭރު އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވީ ޑރ. އައިޝަތު އަލީ އެވެ.

އަހްމަދާ ގުޅޭ ވަރަށް ގިނަ ޝަކުވާ ސުކޫލުތަކުގެ އިސްވެރީންނާއި ޓީޗަރުން އޭރު ވެސް ދިޔައީ ކުރަމުންނެވެ. ޓީޗަރުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެ މެންބަރަކު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އަހްމަދު އަލީ އިސްވެ 300 އެއްހާ މުވައްޒިފުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ. ގިނަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވަނީ ޒާތީ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ. މުވައްޒިފުންނާއި ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަކޮށް އިންޒާރުދީ ހަދާ ކަމުގެ ތުހުމަތު ވެސް އޮވެ އެވެ.

އައިޝަތު އަލީގެ މިނިސްޓަރު ކަމުގައި އެ ޝަކުވާތައް ބަލަން ފުުރުސަތު ނުދިން ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.