މެޑިކަލް ހަަދަން ޖެހޭނީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނަކުން

މާދަމާ އިން ފެށިގެން ފުރައިގެންދާ މީހުންގެ ވާކް ޕަރމިޓް ކެންސަލް ކުރެވޭނީ ވާކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ އެވެ.

މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން، ބައެއް މިނިސްޓަރުންނާ އެކު

ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ މީހަކަށް ވާކް ޕާމިޓް ދޫކުރެވޭނީ އަދި ވާކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރު ކުރުމަށް ވާކް ޕާމިޓް ފީ ދެއްކޭނީ މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ރިޕޯޓް ހުށަހެޅުމުން ކަމަށް ހަމަޖައްސައިފި އެވެ. ރިޕޯޓް ހުށައަޅަން ޖެހެނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކުރި އިއުލާނެއް ގައި ބުނެފަައި ވަނީ މިއަދުން ފެށިގެން ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ މީހަކަށް ވާކް ޕާމިޓް ދޫކުރެވޭނީ އަދި ވާކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރު ކުރުމަށް ވާކް ޕާމިޓް ފީ ދެއްކޭނީ މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ އެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ ރިޕޯޓް ހުށަހެޅުމުން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ މީހަކަށް 15 ދުވަހުގެ ތެރޭގައި ވާކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.  މިވަގުތު ވާކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ އެ މީހަކަށް މުއްދަތު އިތުރުކޮށް ރާއްޖެ އެތެރެ ވެވޭނީ ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށް ވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ތަކުގައި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެ އެވެ.

މީގެ އިތުރުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވާކް ޕާމިޓަށް ބޭނުންވާ މެޑިކަލްއާ ނުލައި ވާކް ޕާމިޓް ދޫކޮށްފައިވާ މީހުންގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޖުލައި ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ އެވެ. މި މުއްދަތާއި ހަމައަށް ވާކް ޕާމިޓް މެޑިކަލް ހުށަހަޅާފައި ނުވާ މީހުންނަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން ފުރައިގެންދާ މީހުންގެ ވާކް ޕަރމިޓް ކެންސަލް ކުރެވޭނީ ވާކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށާ މިމުއްދަތު ހަމަވެފައިވާނަމަ ވާކް ޕާމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.