އާ އަހަރަށް ތޮއްޑޫގައި 1148 ޓޫރިސްޓުން، ގިނައީ ރަޝިއާ

ތޮއްޑޫގައި 794 އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ހިސާބުތަކުން ދައްކަ އެވެ.

އއ. ތޮއްޑޫގައި މި އަހަރުގެ އާ އަހަރު ފާހަގަ ކުރަން ގޮސް ތިބި ޔޫރަޕުގެ ބައެއް ޓޫރިސްޓުން : މި ރަށުގައި ގިނައިން ތިބީ ރަޝިއާ މީހުން

ރަޝިއާ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގައި އެންމެ މަގުބޫލު މަންޒިލަކީ ތޮއްޑޫ އެވެ. އަނެއް ސަބަބަކީ އެ ރަށުން ލިބޭ "ތޮއްޑޫ ރަހަ" ފަޅޮލާއި އެރަށުގެ ރީތި ހިނިތުންވުމުގެ މޫނުތަކާއި ފުރިހަމަ މެހެމާންދާރީ އެވެ. މި ސަބަބާހުރެ މި އަހަރުގެ އާ އަހަރުގެ ޗުއްޓީ އަށް ތޮއްޑޫ ފުރައިލީ ރަޝިއާ ޓޫރިސްޓުންނެވެ. 

"ވަރަށް ބޮޑު ކާމިޔާބީއެއް މިއީ ހަގީގަތުގަ. ނިއު އިޔާ ނައިޓް މި ރަށް [ތޮއްޑޫ] އެއްކޮށް އޯވަބުކްވި. މިހާރު ވެސް 90 ޕްލަސް ގައި އޮތީ. ގާތްގަނޑަކަށް ފުލްކޮށް،" ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިދިޔަ އަހަރު 860 ޓޫރިސްޓުން ރަށުގައި ތިބިއިރު މި އަހަރު ޓޫރިސްޓުންގެ އަދަދު 1148 ގައި ހުރިމަކީ ވަކި މަންޒިލެއްގެ ގޮތުގައި އެރަށް ޕްރޮމޯޓް ކުރަން ކުރާ މަސައްކަތުގެ ނަތިޖާ ކަމަށެވެ. މިކަމުގެ ޝުކުރު ހައްގު ބަޔަކީ ރަށުގެ ރައްޔިތުންނާއި މި ވިޔަފާރީގައި ދެ މިތިބި މި ރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކެވެ. 

އއ. ތޮއްޑޫގައި މި އަހަރުގެ އާ އަހަރު ފާހަގަ ކުރަން ގޮސް ތިބި ޔޫރަޕުގެ ބައެއް ޓޫރިސްޓުން : މި ރަށުގައި ގިނައިން ތިބީ ރަޝިއާ މީހުން

"އެނދު ގިނަ އެހެން ރައްތަކާ އަޅާ ކިޔާނަމަ ވެސް މިއީ ބޮޑު ކާމިޔާބީއެއް. ގިނައިން ތިބީ ޔޫރަޕު މީހުން. ރަށުގައި ތިބި 90 ޕަސެންޓަކީ ރަޝިއާ. ދެން ޗެކްރިޕަބްލިކް ފަދަ ޔޫރަޕު ގައުމުތަކުގެ މީހުން ގިނައީ،" ކަރަމް ވިދާޅުވި އެވެ. 

ތޮއްޑޫ - އއ. ތޮއްޑޫއަކީ 172.6 ހެކްޓަރުގެ ބޮޑު ރަށެކެވެ. މި ރަށުގެ އާބާދީއަކީ 2,058 އެވެ. މިރަށަކީ ކަރާ ހެއްދުމަށް މުޅިރާއްޖެ އަށް މަޝްހޫރުވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާޘާރީ ތަންތަންހުރި ރަށެއްކަން ތާރީހުން އެނގެ އެވެ. މިގޮތުން ގިނަދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެ އެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާޘާރީ ތަނެއްގެގޮތުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ. މި ރަށުގެ 56 ގެސްޓްހައުސްއެއްގައި 794 އެނދު ހުރިކަމަށް ޓޫރިޒަމް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

1
450
މީޙާ
3 months ago

އިޖްތިމާޢީ ފޭރާންވީދި ޅަދަރިން ގޯސްމަގަށް ހެއްލުމުގެ އެންމެ ބޮޑު އަސްލަކީ އާއްމުން ދިރިއުޅޭ ރަށްފުށަށް މިގޮތަށް ފަތުރުވެރިން ގެނައުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.