ފިޒާނާ ވަނީ އެމްކިޔުއޭގެ ޑިރެކްޓާ ޖެނެރަލްކަމާއި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ރެޖިސްޓްރުކަން ކުރައްވާފަ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ) ގެ ސީއީއޯގެ މަގާމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މަރިޔަމް ފިޒާނާ ރަޝީދު އައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް ފިޒާނާ ހަމަޖެއްސެވުމަށްފަހު ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ ފިޒާނާ އަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އޭނާ ހިމެނޭހެން އޮތޯރިޓީ މުއްވައްފުންނާ ބައްދަލުކުރައްވައި ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ފިޒާނާ ވަނީ އެމްކިޔުއޭގެ ޑިރެކްޓާ ޖެނެރަލްކަމާއި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ރެޖިސްޓްރުކަން ކުރައްވާފަ އެވެ.
ތައުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފިޒާނާ އަކީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ދައްތަ އެވެ.
އެމްކިއުއޭގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ ޑރ. އަބްދުލް ހައްނާނެވެ.
މިމަގާމަށް ފިޒާނާ ރަޝީދު އައްޔަން ކުރައްވާފައިވަނީ އިއްޔެ އެވެ.