ނަހުލާ ވެސް މަޖިލީހަށް ވާދަ ކުރައްވަނީ

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިރޭ އެކްސް ގައި ކުރެއްްވި ޕޯސްޓެއް ގައި ވިދާޅުވީ "މަޖިލީސް 20" ގައި ވާދަ ކުރައްވާނެ ކަމަށެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރައްވާނެ ކަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއުލާނު ކުރައްވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ / ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިރޭ އެކްސް ގައި ކުރެއްްވި ޕޯސްޓެއް ގައި ވިދާޅުވީ "މަޖިލީސް 20" ގައި ވާދަ ކުރައްވާނެ ކަމަށެވެ.

އޭނާ ވާދަކުރައްވާނީ ހުޅުމާލެ ދެކުނު ދާއިރާ އަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރަކަށް ވެސް ހުންނެވި ނަހުލާ ވިދާޅުވި ގޮތުގައި އޭނާ މަޖިލީސް އިންތިހާބަށް ނިކުންނާނީ އެ ޕާޓީގެ ޓިކެޓް ގައެވެ.

ރައީސް ސޯލިހްގެ ސަރުކާރު ގައި ޓްރާސްޕޯޓް މިނިސްޓަރު ކަން ކުރެއްވި ނަހުލާ އަކީ އާންމުންގެ ތެރޭގައި މަގުބޫލު އެހެނަސް ފާޑު ކިޔުން ވެސް ބޮޑު ބޭފުޅެކެވެ.

މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރީން ސަރުކާރުގެ / ދައުލަތުގެ އިތުރު މަގާމެއް އަދައެއް ނުކުރައްވަ އެވެ. އަދި ކުރީން މަޖިލީސް އިންތިހާބެއް ގައި ވެެސް ވާދަ ކުރައްވާފައެއް ނުވެ އެވެ.

މަޖިލީސް އިންތިހާބު ގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނަހުލާ ނިންމެވިއިރު އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް ވެސް ވަނީ އިތުރު ދައުރަކަށް މާމިގިލީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.