ސޯޅަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށްދާތީ އެހީ ވެއްޖެ

ދިޔަވެ އަޑިއަށް ދަނިކޮށް ސިފައިންގެ ލޯސްޓްގާޑުން އެހީވީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި "އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. އޭރު ލޯންޗު އޮތީ ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުގައެވެ.

ސޯޅަ މީހުންނާއެކު ދަތުރުކުރި އެމްއާރް ސްޕީޑް

ސޯޅަ މީހުންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށް ދަނިކޮށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިޔަވެ އަޑިއަށް ދަނިކޮށް ސިފައިންގެ ލޯސްޓްގާޑުން އެހީވީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި "އެމްއާރުސްޕީޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. އޭރު ލޯންޗު އޮތީ ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފުން ބުނީ އެ ރިޕޯޓް މިއަދު ހަވީރު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބާ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫ އިން އެ ސަރަހައްދަށް ދަތުރުކޮށް ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރި ކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ލޯންޗު ގައި ތިބި 16މީހުން ބުރުންޏަށް ގެންގޮސްފައި ވަނީ ބުރުނި "ހިޔަލަ" ލޯންޗު ގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.