ޓްރާންސްމިޝަން އަލުން ފެށުމަަށް ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން އަލުން ހިދުމަތް ދޭން ވަނީ ފަަށާފައެވެ.
ވިއްސާރާގައި ގެއްލުންވެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހުރިހާ ޗެނަލްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ޕީއެސްއެމް އިން ބުނީ މިހާރު ކުރާ ވިއްސާރައި ގައި ޕަބްލިކް ސާވިސް މީޑިއާގެ ޔޫޕީއެސްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑުނު ކަމަށެވެ.
އަދި ޓްރާންސްމިޝަން އަލުން ފެށުމަަށް ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން އަލުން ހިދުމަތް ދޭން ފެށިފައިވާ ކަމަށެވެ.
ވިއްސާރައިގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގްއާ ރޭޑިއޯ ބިލްޑިންގް ގައި ވެެސް ފެންބޮޑުވެ ގެއްލުންތައް ލިބުނެވެ. އަދި ފުރާޅުން ވާރޭވެހިގެން ވެސް ގެއްލުން ވި އެވެ. އެގޮތުން ޓީވީ ސްޓޫޑިއޯއާ ކޮންޓްރޯލް ރޫމް އަދި އަޑުގެ އިމާރާތަަށް ވެސް ފެން ފައިބާފައި ވެއެވެ.
ރޭޑިއޯ ބިލްޑިންގުގެ ސީލިންގުން ބައެއް ވެސް ވެއްޓިފައިވެ އެވެ.