ވިއްސާރާގައި ފަސް ރަަށަކަަަށް ގެއްލުން ވެއްޖެ

ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ ތިން ގެއަކުން އެހެން މީހުން ބަދަލު ކޮށްފައިވެ އެވެ.

ފިޔޯރީގައި ފެންބޮޑުވެފައި -- ފައިލް ފޮޓޯތައް: ހިލްޓަން އާޒިފް

މިހާރު ކުރަމުންދާ ވިއްސާރާ ގައި ފަސް ރަަށަކަަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

‏އެ އޮތޯރިޓީން ބުނީ މިހާރު ކުރަމުންދާ ވިއްސާރާ ގައި ފަސް ރަަށަކަަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ،

އެއީ ފ. ނިލަންދޫ އާއި ކ.ގުރައިދޫ އާއި ލ.ގަމާއި ފޮނަދޫގެ އިތުރުން ސ. މަރަދޫއިން އިންނެވެ

ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ ތިން ގެއަކުން އެހެން މީހުން ބަދަލު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ނިމިދިޔަ ހަފްތާއެއްހާ ދުވަހަކީ ވެސް ރާއްޖެ އަށް ވަރަށް ވިއްސާރަ ދުވަސްތަކެކެވެ. ރެއިން ފެށިގެން މާލެ ސަރަހައްދަށް ވެސް ހުއްޓުމެެއް ނެތި ދަނީ ވާރޭވެހެމުންނެވެ.

މޫސުން ގޯސްވެ މެޓް އޮފީހުން ވަނީ މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރުނީ މެންދުރު 1:30 ހާ ހަމައަށެވެ. އެ ވަގުތާއި ހަމައަށް ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.

މެޓުން މިހާރު ވަނީ ނ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީންދޫ ސަމާލު ވެސް ނެރެފައެވެ.

މޫސުން ގޯސްވެ މާލެ ސިޓީއަށް ހުއްޓުމެއް ނެތި ވާރޭވެހި މަގުތަކާއި ގޯޅިތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމާ ދަތުރުފަތުރަށް ވަނީ ބުރޫއަަރާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.