ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ހެދުމުގެ މަސައްކަތް ކުރަނީ

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުގެ މިވައުދު ފުއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ރިސޯޓް ހަދަން ހުޅުވާލި ރަށެއް : އިންވެސްޓްމަންޓް ބޭންކެއް ހަދަން ދަނީ ތައްޔާރު ވަމުން

ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. 

ޓީވީއެމް ޕްރޮގާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާ، އެ ވައުދާއެއްގޮތަށް އިންވެސްޓްމަންޓް ބޭންކެއް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. 

"އިންވެސްޓްމަންޓް ބޭންކެއް ހެދުމަކީ ރައީސް މުއިއްޒުގެ ވަރަށް ހާއްސަ ވައުދެއް އެ ވައުދު ފުއްދަން އެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަދޭ. މީގެ ސަބަބުން ރިސޯޓް ހަދާ ފަރާތްތަކާއި ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވޭނެ،" ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ނެތުމަކީ ކުރިމަތިވެގެންދާ އެންމެ ބޮޑު ގޮންޖެހުން ކަމަށާ މި ބަދަލުގެ ސަބަބުން ނުހެދި ހުރި ރިސޯޓުތަށްވެސް ހެދިގެންދާނެ ކަމަށެވެ.

"މި ބޭންކު ހެދުނީމަ ފަތުރުވެރިކަމަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކާއި ނުހެދި ހުރި ރަށްތަކަށް ހަދަންވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ. 

ރާއްޖޭގައި މިހާރު ހުންނަނީ ކޮމާޝަލް ބޭންކްތަކެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ހެދިފައެއް ނެތެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ރޭޓެއްގައި ފައިނޭންސެއް ނުލިބެ އެވެ. ހާއްސަކޮށް ނުހެދި 88 ރަށް އޮތްއިރު މި ރަށްތައް ހަދަންވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ލިބޭނެ މަގެއް ނެތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.