"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވެނީ އެއީ ވަޒަނެއް ކަމަށް. އަޅުގަނޑުމެން އެކަން ކަށަވަރު ކޮށްފައި މައުލޫމާތު ހިއްސާ ކުރާނަން،"
ކުޅުދުއްފުށި އެއާޕޯޓަށް ފުރަންދިޔަ އަންހެނެއްގެ ދަބަހުން ފެނުނީ ވަޒަނެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ސިފައިން ބުނެފި އެވެ.
ޅުދުއްފުށި އެއާޕޯޓަށް ފުރަންދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަށް ބުނެ އިއްޔެ ލިބުނު ރިޕޯޓަކާއި ގުޅިގެން ސިފައިންނާއި ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް ބަޔަކު ދަނީ ސޯޝަލް މީޑިއާ ގައި އެކަމާ ގުޅޭގޮތުން ވާހަކަތަކެއް ފަތުރަމުންނެވެ.
އެ ގޮތުން އަންހެން މީހާގެ އަތުން ފެނުނީ މާލޭގެ ފިހާރައަކުން ގަނެފައިވާ ތަޅުދަނޑި ފުލެއް ކަމަށެވެ. އޭގެ ފޮޓޯއެއްވެސް އާންމު ކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން "މި" ނޫހުން ސުވާލު ކުރުމުން ސިފައިންގެ މީޑިއާ ހެޑް ވިދާޅުވީ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވެނީ އެއީ ވަޒަނެއް ކަމަށް. އަޅުގަނޑުމެން އެކަން ކަށަވަރު ކޮށްފައި މައުލޫމާތު ހިއްސާ ކުރާނަން،" އޮފިސަރު ވިދާޅުވި އެވެ.