ހަފްތާއެެއް؛ ހަތީބު ފެންނާހެން މަރުކަޒުގެ ޓީވީ ބަހައްޓައިފި

ހަފްތާއެެއް ތެރޭ ޓީވީތައް ހޯދާ މަރުކަޒުގައި ބަހައްޓާ މިއަދު ވަނީ ޚުތުބާ ކިޔާ މީހާ ފެންނާނެހެން ޓީވީތަކުން އެ މަންޒަރު ދައްކާފައެވެ.

މަރުކަޒުގައި ޓީވީ ބަހައްޓާފައި

އިމާމު މީހާ، ނުވަތަ ޚުތުބާ ކިޔާ މީހާ ފެންނާނެހެން އިސްލާމީ މަރުކަޒުގެ ހުރިހައި ފަންގިފިލާ އެއްގައި ޓީވީ ހަރުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ހުރިހައި ފަންގިފިލާ ތަކަށް ހަތީބު / ޚުތުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހައި ފަންގިފިލާ އެއްގައި 98 އިންޗީގެ ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ހަފްތާއެެއް ތެރޭ ޓީވީތައް ހޯދާ މަރުކަޒުގައި ބަހައްޓާ މިއަދު ވަނީ ޚުތުބާ ކިޔާ މީހާ ފެންނާނެހެން ޓީވީތަކުން އެ މަންޒަރު ދައްކާފައެވެ.

މަރުކަޒުގައި ޓީވީ ބަހައްޓާފައި

އެ މަސައްކަތް ކުރީ ބަޔަކަށް ލާރިތަކެއް ދޭން ކަަމަށް ތުހުމަތު ކޮށް ބައެއް މީހުން ވާހަކަ ދެއްކުމުން ޝަހީމް ވިދާޅުވީ ޓީވީތަކަކީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ތަކެތި ކަމަށެވެ.

ޓީވީ ގަތުމަށް ސަރުކާރުން އެއްވެެސް ފައިސާ އެއް ހަރަދު ނުކުރާ ކަމަށް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ އެކަމަށް އެހީތެރިވީ ދިރާގުން ކަމަށެވެ. އެ ކުންފުންޏަށް ޝުކުރު އަދާކޮށް ޝަހީމް ވިދާޅުވީ އަމާޒަކީ ބޮޑެތި ހުރިހާ މިސްކިތްތަކެއް ގައި އެގޮތަށް ޓީވީ ބެހެއްޓުން ކަމަށެވެ.

ރައީސް، ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި އިސްލާމްދީނާއި ގައުމިއްޔަތުގެ ދާއިރާއިން މައިގަނޑު އަށް ވައުދުއް ވަނީ ހިމަނާފަ އެވެ.

މިވައުދުތަކުގެ ތެރެއިން ފުރަތަމަ ހަތަރު ހަފްތާގައި ކުރުމަށް ނިންމާފައިވާ އެންމެ މުހިއްމު އެއްކަމަކީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިންގުނަ އިތުރުކުރެއްވުމެވެ.

އެގޮތުން އެ ވައުދު ފުއްދަވައި އެކަމަށް މިހާރު ވަނީ 15 މިލިއަން ރުފިޔާ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަފްތާ ތެރޭގައި 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމުގެ ޕްރަގްރާމްގެ މަސައްކަތް ފެށުމަށް ވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް އުތުރާއި ދެކުނުގައި ގާއިމުކޮށް، ޒަކާތު ހައުސް އުފައްދައި، މިސްކިތްތަކާބެހޭ މަޖިލީހާއި، ވަޤުފްގެ ގިނަ މަޝްރޫއުތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.