ހަސަންގެ ތުހުމަތެއް: އާޒިމް ހޮވުނަސް އެމްޑީޕީގައި ނުހުންނާނެ

ރައީސް ސޯލިހްގެ ފަސް އަހަރު އާޒިމް ހުންނެވީ ސަރުކާރު ގައެވެ. އެއީ އެ ފަސް އަހަރު އެންމެ ހިންގުންތެރި މެނޭޖިން ޑިރެކްޓަރެވެ.

ހަސަން ލަތީފް، އާދަމް އާޒިމް: ހަސަންގެ ތުހުމަތަށް އެމްޑީޕީ މެންބަރުން ރައްދު ދިން

* ހަސަންގެ ވާހަކަތަކަށް އެމްޑީޕީގެ މެންބަރުން ހޫނު ރައްދެއް ދިން

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އާދަމް އާޒިމް އިންތިހާބު ވެވަޑަަައިގެންނެވި ނަމަވެސް އެ ޕާޓީ ގަައި ނުހުންނަވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ. އެމްޑީޕީގެ މަޖިލީސް 13 މެންބަރަކު ރޭ ކޮންގްރެސް ޕާޓީއާ ގުޅިފައި ވަނިކޮށް ހަސަން ވިދާޅުވީ ‏މި ފެންނަ މަންޒަރުތަކުން އެމްޑީޕީގެ  ޓިކެޓުގައި އާދަމް އާޒިމް ހޮވުނު ނަމަވެެސް އެމްޑީޕީ ގައި އޭނަ ވެސް ހުންނާނެ ކަމަށް ބެލުމަކީ މޮޔަ ކަމެއް ކަމަށެވެ.

އާޒިމް އެމްޑީޕީއަށް ސޮއި ކުރެއްވީ ވެސް މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށް ހަސަން ތުހުމަތު ކުރެއްވި އެވެ.

އަދި ވިދާޅުވީ އާޒިމްގެ ގުޅުންތައް ހުރީ އޭނާގެ ބޭބެ، ކާނަލް ނާޒިމާ އެކު ސަރުކާރު ގައި ކަމަަށެވެ.

ހަސަންގެ މި ޕޯސްޓަށް އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ރައްދު ދިނެވެ. އަދި ހަސަން، މަޖިލީހަށް ހޮވިވަޑައިގަތީ ކޮން ޕާޓީއެއްގެ ޓިކެޓްގައިތޯ އާއި މިހާރު އޭނާ ހުންނެވީ ކޮން ޕާޓީއެއް ގައިތޯ ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ކާނަލް ނާޒިމް ސަރުކާރާ އެކު ހުންނެވި ފަދައިން ހަސަން ލަތީފް ވެސް ހުންނެވީ ސަރުކާރާ އެކު ކަމަަށް ބުނެ ރައްދު ދީފައިވެއެވެ. ދާދި ފަހުން ރައީސް މުއިއްޒާ އެކު ރައީސް އޮފީހުގައި ސިއްރު ބައްދަލްވުމެއް ބޭއްވެވީ އެމްޑީޕީ ދެކެ ލޯބިވާލެެއް ބޮޑު ކަމުންތޯ ވެސް ބައެއް އާންމުން ސުވާލު ކޮށްފައިވެއެވެ. ނިމިދިޔަ އިންތިހާބު ގައި ހަސަން ލަތީފް އިސްވެ ހުންނަވާ އެމްޑީޕީއާ އެމްޑީޕީ ސަރުކާރާ ދެކޮޅަށް އަދި އެ ސަރުކާރު ނިންމަން ކުރި މަސައްކަތް ހަނދާން ނެތުނީތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެ އެވެ.

"އަހަރެމެން [އެމްޑީޕީއަށް] ރަނގަޅު ގޮތް ކިޔައިދޭން ހަސަން ނޫޅޭ،" އާންމުންގެ މީހަކު ލިޔެފައި އޮތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު ވެސް ވަނީ ހަސަން ލަތީފަށް ރައްދު ދެއްވާފަ އެވެ.

"‏ހަސަން ވެސް މަޖިލީހަށް ހޮވުނީ އެމްޑީޕީ ޓިކެޓް ގައި. އެހެންވީމާ އަދި ބަޔަކު އަލަށް ކަމެއް ނުކުރޭ،" އިބްރޭ ވިދާޅުވި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހަސަން ލަތީފަށް ރައްދު ދެެއްވާ ވިދާޅުވީ ‏އަމިއްލަ އެދުމާއި ފިތުނައާއި ފަސާދަ އުފައްދަން ދެވި ހިފާ މީހާއަށް ގުދޯ ގުދާ ގޮވޭއިރުވެސް ރެއަކާ ނުލާނެ ކަމަަށެވެ.

ރައީސް ސޯލިހްގެ ފަސް އަހަރު އާޒިމް ހުންނެވީ ސަރުކާރު ގައެވެ. އެއީ އެ ފަސް އަހަރު އެންމެ ހިންގުންތެރި މެނޭޖިން ޑިރެކްޓަރެވެ. ފުރަތަމަ ހުންނެވީ ފެންކުންފުނީގެ ވެރިއަކަށެވެ. ފަހުން އެމްޓީސީސީ ހިންގެވުމުގައެވެ.

ރިޔާސީ އިންތިހާބަށް ބޭބެ، ކާނަލް ނާޒިމް ނިކުންނެވުމުން ވެސް ސަރުކާރު ގައި ހުންނަވާ ތާއީދު ދެއްވީ ރައީސް ސޯލިހަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.