ފަލަސްތީނު އެހާލުގައި އޮއްވާ ހަވާ އަރުވާ އުފާފާޅު ކޮށްގެން ނުވާނެ: އުމަރު

"[އެހާލަތުގައި ފަލަސްތީނުގެ ރައްޔިތުން] ތިއްބާ، އަޅުގަޑުމެން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،"

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާ އެ ގަައުމުގެ ރައްޔިތުން ބަަނޑުހައިހޫނު ކަމާ ބިރުވެރި ކަމުގައި ވަނިކޮށް ދިވެހީން ނިކުމެ އާ އަހަރު ފާހަގަ ކުރަން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ފޭސްބުކް ގަައި ކުރެއްވި ޕޯސްޓެއް ގަ އެވެ.

އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް ހައިވާނުން ދަރަޖާގަައި ތިބި ސިފައިން ގެންދަނީ ފަލަސްތީނުގައި އިންސާނިއްޔަތާއި ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ގެތަކުގައި އާންމުން ވަނިކޮށް މަތީން ބޮން އަަޅާ އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. 

ބަޑިން ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދުކޮށް އެ މީހުންގެ ގުނަވަންތައް ބުރިކޮށް ހަދަ އެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ މައްޗަށް ކުޑަކަމުން ދިއުން ފަދަ މުޑުދާރު އެތައް އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރަމުން ގެންދެ އެވެ.

އެކަންކަން ފާހަގަކޮށް އުމަރު ވިދާޅުވީ ފަލަސްތީނުގެ އެތައް ހާސް މުސްލިމުން ތިބީ ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމާއި ކަނުއަނދިރީ ގައި ކަމަށެވެ.

"[އެހާލަތުގައި ފަލަސްތީނުގެ ރައްޔިތުން] ތިއްބާ، އަޅުގަޑުމެން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،" އުމަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އާ އަހަރު ފާހަގަ ކުރަން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ނަމުގައި ހަރަކާތްތަކެއް ބާއްވަން ނިންމާފައެވެ. ކުޑަކުދީންގެ ހަވީރަކާއި މިއުޒިކު ޝޯ އަކާއި ލޭޒާ ޝޯ އެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ފަލަސްތީނާ ދެކޮޅު ޖަރީމާތައް އިތުރުކޮށްފައިވާ މި ދަނޑިވަޅު ގަައި ރާއްޖޭގައި އާ އަހަރު ފާހަގަކޮށް އުފާފާޅު ކުރުން ކުރިއަށް ނުގެންދަން ވަރަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

1
450
އަހުމަދު އުމަރު
3 months ago

ބަލަ އުމަރު. ދުނިޔެ ހިނގާ ބީދައިން ހިނގަން ޖެހޭ. އާއްމު ދިރިއުޅުމަކަށް ދާންޖެހޭ. ފަލަސްތީނަށް އެހީވާން ވެސް ޖެހޭ. މީގެ އެއްވެސް ކަމަކީ ހުއްޓާލައިގެން ވާނެ ކަންކަމެއް ނޫން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.