މޫސުން ވަރަށް ގޯސް، މުޅި ރާއްޖެއަަށް މޫސުމީ އިންޒާރު

މެޓް އޮފީހުން އެންމެ ފުރަތަމަ އިންޒާރު ނެރެފައި ވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އަދި ހއ އިން ފެށިގެން ވ އަތޮޅަށް ވެސް ވަނީ އިންޒާރު ނެރެފައެވެ.

މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ވައިޓް އެލާޓް ނެރެފަ -- ވިއޮޓޯ ފޮޓޯ

ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން އެންމެ ފުރަތަމަ އިންޒާރު ނެރެފައި ވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އެ ދެމެދުގައިވާ އަތޮޅުތަކަށް ވަނީ ރީންދޫ ސަމާލު ނެރެފައެވެ.

މެޓުން ބުނި ގޮތުގައި މިއަދު މެންދުރާ ހަމައަަށް އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ގުގުރުމާ އެކު ވަައި ގަދަވާނެ އެވެ.

ވިލާގަނޑުގަައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަަށް ވަނީ ލަފާކޮށްފައެވެ.

އޭގެ ފަހުން ހއ އިން ފެށިގެން ވ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ މެންދުރު ދޭއް ޖެހުމާ ހަމައަށެވެ. މި އަތޮޅުތަކަށް މޫސުން ގޯސްގެ ވައި ގަދަވާނެ އެވެ.

އެގޮތުން ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.