އެމަނިކުފާނުގެ އުންމީދަކީ އަންނަ ރޯދަ މަހުގެ ކުރީން މީހުން ދިރިއުޅޭ ރަށްތަކުގެ ދެބައިކުޅަ އެއްބައި ރަަށް ނުވަތަ މަދުވެގެން 100 އެއްހާ ރަަށަަށް ވަޑަައިގަތުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުއްވާ ޝަކުވާތައް އަޑުއެެއްސެވުމަށް އަތޮޅުތެރެއަށް ވަރަަށް އަވަހަަށް ދަތުރުފުޅު ކުރައްވަން ފައްޓަވާނެ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތު ގައި އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރަގްރާމްގައި ބައިވެރިވެވަަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފަހަރު ގައި އަންނަ ހަފްތާ ގައި އަތޮޅުތެރޭގެ ދަތުރުފުޅު ފެއްޓޭނެ ކަމަަށެވެ. އަދި ޖަނަވަރީ ގައި ބޭރު ގައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަަށެވެ.
އެ ދަތުރުފުޅުގެ ކުރިއާ ފަހުން ވެސް ގިނަ ރަށްތަކަކަަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަަށް ވިދާޅުވި އެވެ.
އެގޮތުން އެމަނިކުފާނުގެ އުންމީދަކީ އަންނަ ރޯދަ މަހުގެ ކުރީން މީހުން ދިރިއުޅޭ ރަށްތަކުގެ ދެބައިކުޅަ އެއްބައި ރަަށް ނުވަތަ މަދުވެގެން 100 އެއްހާ ރަަށަަށް ވަޑަައިގަތުން ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މަދުވެގެން ދެ ފަހަރު ހުރިހާ ރަަށަކަށް ރައްޔިތުންނާ ބައްދަލު ކުރަން [މި ދައުރުގައި] އަަޅުގަނޑު ދާނަމޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ އަތޮޅުތެރޭގެ ދަތުރުފުޅު ފައްޓަވާނީ ތ. ގުރައިދޫ އިންނެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ގައި ވަޑައިގެންނެވި ހުރިހާ ރަށަކުންހެން އެދުނު އެންމެ ބޮޑު އެއް އެދުމަކީ އިންތިހާބުގެ ކާމިޔާބީއަށް ފަހު އެންމެ ފުރަތަމަ އެ ރަށަކަށް ވަޑައިގަތުމެވެ.
އެ ހުށައެޅުންތަކާއި ގުޅިގެން ލީޑާޝިޕާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އިންތިހާބު ގައި އެންމެ ބޮޑު ޕަސެންޓޭޖެއް ލިބޭ ރަށަކަށް ފުރަތަމަ ވަޑައިގަތުމަށެވެ. ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެންމެ މަތީ ޕަސެންޓޭޖެއް އެ މަނިކުފާނަށް ލިބިފައި ވަނީ ތ. ގުރައިދޫން ކަމަށެވެ.
އެހެން ކަމުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ ރަށަށް ކަމަށް ވެސް ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބުގައި ގުރައިދޫގައި ބެހެއްޓި ދެ ފޮށީން ވެސް ވޯޓް ތަފާތަކުން ކުރި ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއް ވޯޓް ފޮށިން 73 ޕަސެންޓް ހޯއްދެވި އެވެ. އަނެއް ވޯޓް ފޮށިން 75 ޕަސެންޓަށް ވުރެ މަތީން ހޯއްދެވި އެވެ.
ޖުމްލަ 600 ވުރެ ގިނަ ވޯޓް ގުރައިދޫން ލިބިފައިވާއިރު ރައީސް ސޯލިހަށް ލިބި ވަޑައިގެންފައި ވަނީ 200 އެއްހާ ވޯޓެވެ. ފުރަތަމަ ބުރަށް ވުރެ ބޮޑު ތަނުން އިތުރަށް ރައީސް މުއިއްޒަށް ވޯޓް ލިބިވަޑައިގެންނެވިއިރު ފުރަތަމަ ބުރުގައި ލިބުނު ވޯޓަށް ވުރެ ރައީސް ސޯލިހަށް އިތުރުވީ އެންމެ ހަ ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ގައި މުއިއްޒު ވަޑައިގެންނެވި ރަށްރަށުގެ ތެރެއިން އެންމެ ގިނަ ބަޔަކު ނުކުމެ މަރުހަބާ ކިޔާފައިވާ އެއް ރަށަކީ ވެސް ގުރައިދޫ އެވެ. ގުރައިދޫއަކީ އަބަދުވެސް ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.