އެމްޑީޕީ މެންބަރުންނަށް: މިއީ ސާބިތުވާންވީ ވަގުތު

"އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ އަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެން،"

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މި ދަނޑިވަޅަކީ އަނެއްކާ ވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ގައުމުގެ ހައްގު ގައި ސާބިތުވެ ތިބެންވީ ވަގުތު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު މިހެން ވިދާޅުވީ "އެކްސް" ގައި މިރޭ އެމްޑީޕީގެ ސަޕޯޓަރުންނަށް ފޮނުއްވި މެސެޖެއް ގައެވެ.

ރައީސް ސޯލިހްގެ ސަރުކާރު ގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަހުރުވެރި ޕާޓީ ކަން މިއަދު ވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމައާ ކާމިޔާބީ އާއި ނާކާމިޔާބީ ވެސް ތަޖްރިބާކޮށްފައި،" 

ޝާހިދު ވިދާޅުވީ މި ދަނޑިވަޅަކީ އަނެއްކާ ވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި ގައުމުގެ ހައްގު ގައި ސާބިތުވެ ތިބެންވީ ވަގުތު ކަމަށެވެ. އަދި މިއީ އާ އުންމީދުތަކާ އާ ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅު ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ އަޒުމުގައި ހިތްވަރުގެ ކަމަރު ބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެން،" 2013 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެން ކުރީގެ މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އެމްޑީޕީގެ މެންބަރުންނަށް ހިތްވަރު ދެއްވާ މެސެޖެއް އާންމު ކުރެއްވީ އެ ޕާޓީގެ މަޖިލީސް މެންބަރުންގެ ތެރެއިން 13 މެންބަރަކު ޕާޓީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.