ސާޅީސް ދުވަހުގެ މަސައްކަތުން އިގްތިސޯދަށް ގިނަ ދޮރުތަކެއް ހުޅުވިއްޖެ

ރައީސް ވިދާޅުވީ އިގްތިސޯދު އޮތީ ވަރަށް ހާލުގައި ކަމަށާ ނަމަވެސް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގައި މި ވޭތުވެދިޔަ 40 ދުވަހުގެ މަސައްކަތުން އިގްތިސޯދުގައި ގިނަ ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕްރޮގްރެސިވް ޕާޓީ އަށް ސޮއިކުރަން ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ހާލުގައި ކަމަށާ 20 ބިލިއަން ދަރަނި އެބައޮތް ކަމަށެވެ. ނަމަވެސް މިސަރުކާރުގެ 40 ދުވަހުގެ މަސައްކަތުން އިގްތިސޯދަށް ގިނަ ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށާ، އެކަމުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނާން ފަށާނެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމަކީ މިއީ ކަމަށާ ރައްޔިތުންނަށް މުހިންމީ ގެދޮރުވެރިކަމާއި އެކަން ހައްލު ކުރަން ދެތިން މަހަށްވުމުން ގޮސް ހިއްކަން ފެށުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އެންމެ ފުރަތަމަ ދުވަހު އެކަން ކުރަން. ރައްޔިތުންނަށް އިހުލާސްތެރިވުމަކީ އަމަލާއި ބަހުން އެކަން ކުރުން. އަޅުގަނޑުމެން ކެމްޕޭންގައި އެކަން ދެންނެވިން ގައުމީ މައްސަލަތަށް ނަގާފަ އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ގެންދިއުމުގެ މައްސަލަ ފުރަތަމަ ދުވަހު ފަށާފައިވާ ކަމަށާ، އަދި ގެދޮރުގެ ހައްލު ކުރުމުގެ މަސައްކަތް އެއް މަސް ނުވަނީސް ފަށާފައިވާ ކަމަށެވެ.

"ދެން ހިއްކަމުންދާ ބިންތަށް ވެސް ހިއްކާ ނިންމަމުން މިދަނީ. އެކަމަކު މިކަމުގައި ބުނެލަން ވަރަށް ބޮޑު ހަގީގަތެއް އެބައޮތް. އެއީ ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުމަކީ ވަރަށް ދެރަކަމެއް. އޮޅުވާލާއިރުވެސް ދޮގުގެ މައްޗަށް ދޮގު އެއަށް ކިޔަނީ ބުހުތާނު ދޮގު ކަންނޭނގެ. ދޮގު ހެދުމަކީ ކޮން ގޮތަކުން ރައްޔިތުން ބަލައިގަންނާނެކަމެއް ބާވައޭ އަޅުގަނޑު ހިތަށް އަރަނީ،" ރައީސް ވިދާޅުވި އެވެ. 

ފަސް ޕަސެންޓުގައި ލޯނު ދޭން ތައްޔާރު ވަނީ

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަފުތާ 14 ގައި އޮތް ގޮތަށް ފަސް ޕަސެންޓުގައި ލޯނު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާ އެކަން ވެސް އިކޮނޮމިކް ކައުންސިލުން ފުރިހަމަ ކުރަމުންދާ ކަމަށެވެ. 

"މިދިޔަ ސަރުކާރުން ދިން ގޯތިތަކުގައި ގެދޮރު އަޅަން ބޭނުންވާ އެކި ކަހަލަ ފެސިލިޓީތަށް ދިނުމަށްޓަކައި ކުރަން ޖެހޭ އިގްތިސޯދީ އަދި އިލްމީ މަސައްކަތް އެބަ ހިނގާ. އެކަންކަން ނިމުމުން ކެބިނެޓަށް ގެނެސް ނިންމައި ރައްޔިތުންނާހަމައަށް ފޯރުކޮށްދޭ ނަން،" ރައީސް ވިދާޅުވި އެވެ. "މި ހުރިހާ ކަމެއް މިދަނީ ތާވަލްކޮށްގެން މިދަނީ ވަރާވަރަށް . ބާރު ސްޕީޑުގަ." 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.