ދޮގު ހަބަރަކީ ޑިމޮކްރަސީ އަށް ބިރެއް، އެކަމަކު އެއަށް ޓެކުލް ކުރަންވާނީ ޒިންމާދާރުކޮށް

އީވާ ވިދާޅުވީ ނިއުސް ވެބްސައިޓްތަށް ބްލޮކް ކުރި މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާ، އެކަމަށް މަޖިލީހުން ސަރުކާރަށް ފާރަވެރިވެ ތިބެން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ އަބްދުﷲ

ފޭކް ނިއުސް އާއި ދޮގު ހަބަރު ފެތުރުމަކީ ވެސް ޑިމޮކްރަސީ އަށް ބިރެއް ކަމަަށާ، އެކަމަކު އެއަށް ޓެކުލް ކުރަންވާނީ ޒިންމާދާރުކޮށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރަޖިސްޓްރީ ނުކޮށް ހިންގަމުން ގެންދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މިގޮތަށް ފަތުރާ ވެބްސައިޓުތަށް ބަންދު ކުރުމަކީ މިއަދުގެ ދުނިޔޭގައި ސަރުކާރަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާ، އެއް ވެބްސައިޓް ބްލޮކް ކުރާއިރަށް އަނެއް ސައިޓު ހަދާނެ ކަމަށެވެ. 

"އަޅުގަނޑު ގަބޫލު ކުރަން ފޭކް ނިއުސް / ދޮގުހަބަރުތަކަކީ ވެސް ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް. އެހެންނަމަވެސް ދޮގުމައުލޫމާތާއި ފޭކް ނިއުސް ދައުރުވުމަށް އަހަރެމެން ޓެކުލް ކުރަން ޖެހޭނީ މުޅި އެހެން ގޮތް ގޮތަށް. ޒިންމާދު ގޮތްގޮތަށް ލޯންގް ސްޓޭންޑިން ހައްލުތަށް ލިބޭނެ ގޮތް ގޮތަށް. އެއްވެސް ހާލަތެއްގައި ސަރުކާރުތަކުން ވެބްސައިޓްތަށް ބްލޮކްކޮށްގެން އުޅުމީ ހައްލުވާނެ ކަމެއް ނޫން،" އީވާ ވިދާޅުވި އެވެ. 

އީވާ އިތުރަށް ވިދާޅުވީ ފަރުދުންގެ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަން ބައެއް ސައިޓުތަށް ބްލޮކޮށް ހެދުމަކީ މާކުރީ ޒަމާނުގެ ކަމެއް ކަމަށެވެ. 

"ގައުމުގެ ރީތިނަމޭ، އަމަން އަމާންމަކޭ ކިޔައިގެން ފަރުދީ މިނިވަންކަން ދިނީމާ ނޫސްވެރިކަން / ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނުދޭން ވެގެން ދެއްކި ވާހަކަތަށް. އެއީ ފަރިތަ ވާހަކަތަށް. އިންޓަނެޓުގެ ފުރިހަމަ ޓެކްނޮލޮޖީ ނާންނީސްވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ދުލާއި ގަލަމުގެ މިނިވަންކަމަކީ ކޮންޓްރޯލް ކުރެވުނު ކަންކަމެއް ނޫން. ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހުން ވެސް އެނގޭ. އެހެންވެ މިގޮތަށް ނިއުސް ވެބްސައިޓްތަށް ބްލޮކް ކުރުމަކީ ކުރެވޭނެކަމެއް ނޫން،" އީވާ ވިދާޅުވި އެވެ. 

ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އީވާ ވިދާޅުވީ ސަރުކާރުގެ ވެބްސައިޓުތަށް ބްލޮކް ކުރުމަކީ "ސްލިޕްރީ ސްލޯޕެއް" ކަމަށާ އެކަމަށް ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. 

"ދެން ހިފަހައްޓާނީ ގާނޫނު އަސާސީގެ ކޮން ހައްގެއް ތޯ ސުވާލު އުފެދޭ ކަމެއް މިއީ. ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް އަރައިގަންނަ ހިސާބުން ހުށިޔާރުވެ ތިބެން ޖެހޭނީ. މިއީ ހަމައެކަނި ވެބްސައިޓްތަކާ ދިމާކުރި ދިމާކުރުމަކަށް އަޅުގަނޑުމެން ބަލާކަށް ނުވާނެ،" އީވާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.