އެފްއޭއެމްގެ އިންތިހާބަށް ޓޮމްއާ މުފާ ފޯމް ހުށައަޅައިފި

އިންތިހާބު އަވަސްކޮށް 45 ދުވަހުގެ ތެރޭގައި ބާއްވަން އެފްއޭއެމުން ވަނީ ނިންމާފައެވެ. އެއީ މި ޑިސެންބަރު 17 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ޓޮމްއާ މުފާ -- އަދަދު

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އާއި އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) ފޯމު ހުށަހަޅައިފި އެވެ.

އެފްއޭއެމްގެ އިންތިހާބު އޮތީ އަންނަ އަހަރު އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބު އަވަސްކޮށް 45 ދުވަހުގެ ތެރޭގައި ބާއްވަން އެފްއޭއެމުން ވަނީ ނިންމާފައެވެ. އެއީ މި ޑިސެންބަރު 17 ވަނަ ދުވަހު އެވެ.

އިންތިހާބު ގައި ވާދަކުރަން ތޯރިގު ފޯމު ހުށަހެޅީ ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސްގެ ތާއީދާ އެކު އެވެ.

އެންމެ ފަހުގެ އެކްސްކޯ ގައި ވެސް ހިމެނުނު މުފާވިޒު ހާޝިމު ފޯމް ހުށައެޅީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީގެ އިތުރުން ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އިތުރުން ބުރު ސްޕޯޓްސްގެ ތާއީދާ އެކު އެވެ. މީގެ އިތުރުން ވެލެންސިއާގެ ތާއީދު އޮތް ކަަމަށް ވެސް ބުނެފައިވެއެވެ.

އެކަމަކު ވެލެންސިއާގެ މެނޭޖްމަންޓުން ފަހުން ބުނީ އެ ކުލަބުގެ ތާއީދު އޮތީ ޓޮމް އަށް ކަމަށެވެ.

ޓޮމް ވަނީ މީގެ ކުރީން ވަރަށް ކުރު މުއްދަތަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު އަދާކޮށްފައެވެ. އެއީ ހަތަރު މަސް ދުވަހުގެ މުއްދަތަކަށް 2016 ވަނަ އަހަރު އެވެ. އެފްއޭއެމް އިންތިހާބު އަލުން ބާއްވަން ތައްޔާރުވާއިރު ދިވެހި ފުޓްބޯޅަ އޮތީ ނާޒުކު ހާލަތެއް ގައެވެ. އެފްއޭއެމާ މެދު ދިވެހީންގެ އިތުބާރު ގެއްލި އެ އިދާރާއަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.