ޖޭޕީގެ ޓިކެޓަށް އެދެން ފުރުސަތު އޮތް މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވޭ

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން ފޮޓޯ/ ޖޭޕީ

ޖުމްހޫރީ ޕާޓީ، ޓިކެޓް ގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދެން ދީފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ

މީގެ ކުރިން އޮތް ގޮތުން ނަމަ ޖޭޕީގެ ޓިކެޓްގައި ވާދަކުރާން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް މުއްދަތު ހަމަވީ މި މަހުގެ 17 އަށެވެ. އެކަމަކު ކުރިން ދިން މުއްދަތު މިމަހުގެ 25 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދީފަ އެވެ.

ޖޭޕީން ބުނީ މުއްދަތު އިތުރު ކުރާން ޖެހުނީ މި ދުވަސްވަރަކީ ސުކޫލް ޗުއްޓީ ދުވަސްވަރު ކަމުގައިވާތީ ރާއްޖެ އިން ބޭރަށާއި ރާއްޖޭގެ އެކި ރަށްރަށަށް ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން އިންތިހާބު ގައި ވާދަކުރުމުގެ ފުރުސަތަށް އެދި ހުށައަޅަން ލިބުނު މުއްދަތުގައި ފޯމް ހުށައެޅުމަށް ވަރަށް ގިނަ ބަޔަކަށް ދަތިވާތީ ކަމަށެވެ.

ގާސިމް އިބްރާހީމްގެ ޖޭޕީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅައި ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަމަށް ޓަކައި ކަނޑައަޅައި ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ވިދާޅުވެފައިވަނީ ގާނޫނުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނޫނީ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަމަށެވެ. އަދި މި އިންތިހާބު ގައި ވޯޓުލުން އޮންނަ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.