މޫސުން ވަރަށް ގޯސް: ދެކުނަށް އޮރެންޖް، އުތުރާއި މެދަށް ރީންދޫ

ކުރިއަށް އޮތް ތިން ދުވަހު، ހާއްސަ ގޮތެއްގައި އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަށަކަށް ވިއްސާރަކޮށް ފެން ބޮޑުވެފައި: ކުރިއަށް އޮތީ ވިއްސާރަ ވަގުތުތަކެއް --

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮރެންޖު އެލާޓް އަދި އުތުރާއި މެދު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

އޮރެންޖު އެލާޓަކީ މެޓުން ނެރޭ މޫސުމީ އެލާޓްތަކުގެ ތެރެއިން ތިން ވަނައަށް އެންމެ މަތީ އެލާޓެވެ. މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ދެކުނުގެ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށެވެ. އޮރެންޖް އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 3:20 ގެ ނިޔަލަށެވެ.

މެޓުން މިއަދު ވަނީ ނ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު، ހާއްސަ ގޮތެއްގައި އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުން މި އަންނަނީ އިރުވައި މޫސުމުގެ ވިއްސާރަ އެވެ. އެހެންކަމުން ނިމުނު ހަފްތާއިން ފަށައިގެން ރާއްޖެއަށް އިތުރަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިސްތިމާސް ކުރެ އެވެ.

އަދި ފެންބޮޑުވެ ގެއްލުންވެދާނެ ކަމަށް ދުރާލާ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.